ގދ. ތިނަދޫގައި 22 އެނދުގެ ކޮވިޑް ފެސިލިޓީ އެއް އެޅުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިއެވެ.
އެމްޓީސީސީ އިން ބުނެފައިވަނީ 25 ސެޕްޓެމްބަރ 2020 ގައި ފަށާފައިވާ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތުގެ 15% ވަނީ ނިމިފައި ކަމަށެވެ. މި މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން މި ފެސިލިޓީގައި އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ ހަދާފައިވެ އެވެ. އެއީ ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި އެވެ.