ބިލް ދެއްކުމުން އެއްހާސް ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯ އިން ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ބިލް ދެއްކުމުން އެއްހާސް ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯ އިން ފަށައިފި!

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދެއްކުމުން އެއްހާސް ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

މިޕްރޮމޯޝަން ގެދަށުން އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް 1،000ރ. ލިބޭއިރު މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

މިކަމާގުޅިގެން ސްޓެލްކޯ އިން ބުނެފައިވަނީ މިޕްރޮމޯޝަންގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަކަށް ވާން ނުޖެހޭކަމަށެވެ. އަދި އެ އެކުންފުނީގެ މިޑްލް މެނޭޖްމަންޓުން މަތީގެ އެއްވެސް މީހަކަށް މިޕްރޮމޯޝަންގައި ބައިވެރިނުވެވޭނެ ކަމަށެވެ.

އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ސްޓެލްކޯގެ އެޕް ފަސޭހަކަމާ އެކު ޑައުންލޯޑް ކުރެވޭނެކަމަށްވެސް އެ އެކުންފުނިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން