ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢުގެ މަސައްކަތް އަންނަމަހު ނިމޭނެ: އެމްޓީސީސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢުގެ މަސައްކަތް އަންނަމަހު ނިމޭނެ: އެމްޓީސީސީ

ޏ. ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢުގެ މަސައްކަތް އަންނަމަހު ނިމޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ޏ. ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢުގެ މަސައްކަތުގެ %83 މިހާރު ނިމިފައި ވާކަމަށާއި މި މަޝްރޫޢުގެ ދަށުން ޕޭވިންގ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %41 މިހާރުވަނީ ނިމިފައިވާއިރު މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ކަމަށެވެ. 

 29 މާރޗް 2020 ގައި އަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ތެރެއިން ފެންހިންދާ ނިޒާމަކާއެކު 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 144 ލެޑް މަގުބައްތި ހަރުކުރުމާއި،  ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ.ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 32.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 

މިއަދު އޮންލައިން