ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ08 އޮކްޓޯބަރ 2020 ގައި އެވެ.
އެމްޓީސީސީ އިން ބުނެފައިވަނި 44.31 މިލިއަން ރުފިޔާގެ މި މަޝްރޫ ނިމޭނެކަމަށް ލަފާކުރެވެނީ 365 ދުވަހުގެ ތެރޭގައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 42،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް ހިއްކުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91.44 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރުން ހިމެނެއެވެ.