ޤައިދީންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސްޓެލްކޯއާއެކު "ފަހި ފުރުޞަތު" އެއްބަސްވުމުގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ޤައިދީންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސްޓެލްކޯއާއެކު "ފަހި ފުރުޞަތު" އެއްބަސްވުމުގައި ސޮއިކޮށްފި

ޤައިދީންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސްޓެލްކޯއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން "ފަހި ފުރުޞަތު" އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވީ މިއަދު މިފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބި ޤައިދީން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ އަދި މުޖުތަމައުއަށް ބޭނުންކުރެވޭ ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.

"މިއެއްބަސްވުމުގެ ސަބަބުން މިހާރު ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމް ވަށާޖެއްސޭ ނިޒާމެއްގެ ތެރެއަށް ގެނެވި، ދަސްކޮށްދެވޭ ހުނަރުތަކަކީ އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ ހުނަރުތަކަކަށް ވާނެކަމަށް އުއްމިދުކުރަން" ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މިއިސްނެގުމަކީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކުރާ ވަރަށް މުހިއްމު ޒިންމާއެއްކަމަށެވެ.

 

މިއަދު އޮންލައިން