ޤައިދީން އަނބުރާ ނިކުންނައިރު މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަކީ އުއްމީދެއް: މިނިސްޓަރ ޢިމްރާން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 49ސ
ޤައިދީން އަނބުރާ ނިކުންނައިރު މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަކީ އުއްމީދެއް: މިނިސްޓަރ ޢިމްރާން

ޤައިދީން އަނބުރާ ނިކުންނައިރު މުޖުތަމައު ބަލައިގަންނަ، މަސައްކަތަށް އަހުލުވެރި، އަދި މަސައްކަތަށް ޝައުޤުވެރި ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ ޤައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސްޓެލްކޯއާއެކު މިއަދު "ފަހި ފުރުޞަތު" އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހުއެވެ.

ސްޓެލްކޯއާ، ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން އަނބުރާ މުޖުތަމައުއަށް ނިކުންނަ ޤައިދީންނަށް ފަހި ފުރުޞަތުތައް ލިބޭނެއެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ އެދިވަޑައިގަތުމަކީވެސް ، އުއްމީދަކީވެސް އަދި މަސައްކަތްކުރައްވަނީވެސް ކޮންމެ ޤައިދީއަކުވެސް އަނބުރާ މުޖުތަމައުއަށް ނިކުންނައިރު ހަޔާތުގައި ދިރިއުޅުމަށް ކޮންމެވެސް މަަސައްކަތެއް އިހުތިޔާރުކޮށްގެން ނިކުންނަ މީހަކަށް ހެދުމަށްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމައަކީ އުފާފާގަތި ޞުލުހަވެރި މުޖުތަމައަކަށް ވަނީ އެމުޖަތަމައެއްގެ ދުޅަހެޔޮކަމާއި ބަދަހިކަން އަދި އިޤްތިޞާދީ ފުދުންތެރިކަމުގެ މައްޗަށް ކަމަށެވެ. ކުށުގެ ވެއްޓަށް ހުށަހެޅިގެންދާ ފަރާތްތަކުގެ ސަބަބުން މުޅި މުޖުތަމައުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ވަރަށް ނުރަނގަޅު އަސަރެއްކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގިނަފަހަރަށް އެފަރާތްތައް ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އިޤްޠިޞާދީ ގޮތުން ކުރިމަތިލާންޖެހޭ ނިކަމެތިކަމާއި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވެގެންދާ ބަލިމަޑުކަން ހިމެނޭކަމަށެވެ. އެހެންކަމުން ޤައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރޭއިރު އެމީހުންނަކީ މުޖުތަމައުއަށް އަހުލުވެރިވެފައިވާ މަސައްކަތްތެރި، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުގެ އިސްނެގުމާއެކު ކަރެކްޝަނުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިއްމު މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ. މިއަދު ސްޓެލްކޯއާއެކު ފެއްޓެވި މަސައްކަތަކީ ކުރިއަށް ރޭވިފައިހުރި ގިނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯއާއެކު މިއަދު މިފަށައިގަނެވޭ މަސައްކަތުގެ ދަށުން ޤައިދީންގެ ގޮތުގައި ތިބޭ ފަރާތްތައް ސްޓެލްކޯއާއެކު ނިކުމެ މަސައްކަތްކޮށް، އެއްކޮށް މިނިވަންވެގެންދާއިރުގަ ބައެއް މަސައްކަތްތައް ދަސްކުރެވި، އަދި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެމުއްދަތުގައިވެސް އޭނާއަށް ލިބިގެންދާ އާމްދަނީ ފަހަށް ރައްކާކުރެވި އޭނާއާއި އޭނާގެ އާއިލާގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ފަހަރަށް ދިމާވާކަމެއް ޤައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު ދިރިއުޅޭނެ މަގެއް، ބޯހިޔާވަހިކަމުގެ މަގެއް ތަނަވަސްވެފައި ނެތުމުން ދެވަނަ ފަހަރަށް ޖަލުގެ ތެރެއަށް އެނބުރި ދިއުމަށް ފަގުފަހިކޮށްދިއުން. މިޕްރޮގްރާމް ރަނގަޅަށް ހިންގިއްޖެކަމަށް ވާނަމަ އަޅުގަނޑު ޤަބޫލުކުރަނީ މިކޮށާދެވޭ މަގަކީ ދިރިއުޅުން ބައްޓަން ކުރުމަށް ކޮއްދެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް.އަދި ދަސްކުރެވޭ މަސައްކަތުގެ ސަބަބުން އިތުރަށް ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުންވެސް މިފުރުޞަތުތައް މިގޮތަށް ފަހިކޮށްދީ ޤައިދީން ރިހިބިލިޓޭޓްކޮށް މަސައްކަތަށް ނެރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި މިމަސައްކަތް ފަށައިގަތުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، މެނޭޖްމަންޓް އަދި މުވައްޒަފުންގެ އިސްނެންގެވުން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން