ފީވަކު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ފީވަކު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފި!

ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 69.3 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން، 31،303 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464  މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 504 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ

 މި މަޝްރޫޢުގައި ސޮއިކުރެވިފައިވަނީ 02 ޖުލައި 2019 ގައެވެ.

މިއަދު އޮންލައިން