ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިންމައިފި

ހދ. ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިފިފައިވާކަމަށް މި މަޝްރޫޢު ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްފައިވާ މިމަޝްރޫޢުގެ %67 މަސައްކަތް ނިމިފައި ވާކަމަށާއި މި މަޝްރޫޢުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތުގެ %62 މިހާރުވަނީ ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7  އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ..

މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 15 ޖޫން 2019 ގައެވެ.

މިއަދު އޮންލައިން