ފަރަންސޭސި ރައީސާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުން އަޑު އުފުލުން އިތުރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފަރަންސޭސި ރައީސާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުން އަޑު އުފުލުން އިތުރުވަނީ!

ރަސޫލް ﷺ އަށް ކާޓޫނު ކުރަހައި ފުރައްސާރަކުރުމަށް ތާއީދުކުރި ފަރަންސޭސިވިލާތުގެ ރައީސް ޢާއި ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުން އަޑު އުފުލުން އިތުރުވާން ފަށައިފިއެވެ. 

މިގޮތުން ޔޫއެފްސީ ލައިޓްވެއިޓް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ހުރި ރަސިއާގެ ޚަބީބް ޢާންމުކުރި މެސެޖުގައި ބުނެފައިވަނީ ފަރަންސޭސި ރައީސް ކުރި ނުބައި ޢަމަލުގެ ރަހަ އޭނާއަށް ލިބިގެންދާތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. އަދި ވާހަކަ ދެއްކުމުގެ މިނިވަންކަމުގެ ނަމުގައި ދުނިޔޭގައި ތިބި ދޮޅު މިލިއަނަށްވުރެ ގިނަ މުސްލިމުންގެ އިޙްޞާޞްތައް ކަތިލަމުންދާ މީހުން ދުނިޔެއާއި އާޚިރަތުގައިވެސް ނިކަމެތިކުރައްވަވައި ދެއްވެވުން އެދި ދުޢާކުރާ ކަމަށެވެ. 

"އަހަރެމެން މުސްލިމުން އަހަރެމެންގެ އަނބިދަރިންނާއި މައިންަބފައިންނަށްވުރެ ބޮޑަށް ރަސޫލް ﷺ އަށް ލޯބިކުރަމުއެވެ. އަދި އެ އެންމެންނަށްވުރެ ބޮޑަށް އަހަރެމެންގެ ހިތުގައި ވަނީ ރަސޫލް ﷺ އެވެ." 

މިއީ މިފަދަ ކޮންމެ މީހަކާއި ދެކޮޅަށް މުސްލިމުން އަޑު އުފުލަންޖެހޭނެ ވަގުތެވެ. އެމީހަކު ހުރިތަނެއްގައި ހުރެގެންވެސް ކުރަންޖެހޭ ކަމެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އަހަރެމެންނަކީ މުސްލިމުންނެވެ. އަހަރެމެންގެ ރަސޫލަކީ ރަސޫލް ﷺ އެވެ. ﷲ އާއި ރަސޫލް ﷺ  މަތިވެރިކުރުމަށްވުރެ ބޮޑު މަސްއޫލިއްޔަތެއް މުސްލިމުންނަކަށް ނުވެއެވެ.

މިއަދު އޮންލައިން