މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭގަނޑު ބާރަ ޖަހަންދެން ބޭރުގަ އުޅުމުގެ ހުއްދަ ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭގަނޑު ބާރަ ޖަހަންދެން ބޭރުގަ އުޅުމުގެ ހުއްދަ ދީފި

މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭގަނޑު ބާރަ ޖަހަންދެން ބޭރުގަ އުޅުމުގެ ހުއްދަ އެޗްޕީއޭ ދީފިއެވެ. 

އެޗްޕީއޭއިން މިރޭ ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 2012/7ވީ (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް ލުއިތަކެއް ދީފައިވާކަމަށެވެ

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެޗްޕީއޭއިން އިން ވަނީ ބަދަލުކޮށްފައެވެ.

މީގެ ކުރިން ކާފިއު ވަގުތަކީ، ރޭގަނޑު 11:00 އިން ފަތިހު 4:00 އަށެވެ.

މީގެއިތިރުން ޔޫތް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްފޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

 

މިއަދު އޮންލައިން