މިރެއިން ފެށިގެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީ އިން ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން މިއަދު ބުނެފަިވަނީ މިރެއިން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ކަމަށާއި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓުތައް ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
މީގެ ކުރިން މީގެ ކުރިން ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 10:00 އަށެވެ. އަދި ކެފޭ ރެސްޓޯރަންޓްތައްް ބެހެއްޓެނީ، 10:30 ވަންދެނެވެ.
ވިޔަފާރިކުރާ ފިހާރަތަކުން އަދި ކެފޭ ރެސްޓޯރެންޓުތަކުގެ ވިޔަވާރި ކުރުމުގެ ވަގުތު އިތުރުކުރި ނަމަވެސް އެޗްޕީއޭގެ އުސޫލުތަކަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން ރޭ ވަނީ ކޮވިޑް19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް ލުއިތަކެއް ދީފައެވެ. އެގޮތުން މާލެ ސިޓީގައި ކާފިއުގެ ވަގުތު ވަނީ 12:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައެވެ.