ދިހަ މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ދިހަ މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދިހަމަޝްރޫޢެއްގެ މަސައްކަތް މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ފަރެސްމާތޮޑާ އެއާޕޯޓު ޤާއިމްކުރުމާއި،  އއ.އުކުޅަސް ބަނދަރު ހެދުމާއި ފެރީ ޓާމިނަލް ތޮށި ހެދުމުގެ މަސައްކަތާއި، އއ.މާޅޮސް ބަނދަރު އަޕްގްރޭޑްކުރުމާއި، ޅ.ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމާއި ރ.ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު އާއި ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި އއ.އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އާއި ތ.ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫ އަދި މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢެވެ.

އެމްޓީސީސީ މިހާރުވެސް ދަނީ ސަރުކާރުގެ މިފަދަ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ.

މިއަދު އޮންލައިން