"ސޫފީ ޢަޤީދާގެ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުޠު ހަމވާނެ މީހެއް ނޫނެވެ. މަޖިލިސް މެންބަރުކަމުގެ ޝަރުޠު ހަމަނުވާ މީހަކު މަޖިލީހުގެ ރައީސް ކަމުގެ ޝަރުޠު ވެސް ފުރިހަމައެއް ނުވާނެއެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރާ ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓޮވީޓެއްގައި " އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަންފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްހަވެރި މަސައްކަތްޕުޅުން" ކަމަށާއި "އެހެން ނަމަވެސް ދިވެހިންގެ އަޤީދާ ބަދަލުކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ދިވެހިންގެ އިސްލާމީ އަޤީދާއަށް ގުޑުމެއް ނާންނަ" ކަމަށް ވިދާޅުވުމުންނެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޘަޤާފަތުގައި ހުރި ސޫފީ ޢަޤީދާގައި ހިމެނޭ ކަންކަން ފާހަގަކުރެވުމުން ރައްޔިތުން ވަނީ މީގެ އަހަރުތަކެއް ކުރިން އެކަންކަން ދޫކޮށް ނިންމައިފައެވެ. އެންމެފަހުންހުރި ކަންކަން ނައްތަވައިލެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލަމަޖީދު ޢަބްދުލްބާރީ އާއި ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މަސައްކަތްޕުޅުންނެވެ.
އެދުވަސްވަރުގައިވެސް ފެންފުށީ ޒިޔާރަތުގައި އަލުން ދިދަނަގަން ރައީސް ނަޝީދު ވަނީ މަސައްކަތްކުރައްވައިފައެވެ. އިބްރާހީމް ނާޞިރުގެ މަހާނަފުޅު ޒިޔާރަތަކަށް ހައްދަވަންވެސް ބާރުއަޅުއްވައި މަސައްކަތްޕުލުކުރެއްވިއެވެ.
މިކަންކަމާއި ފަހަކަށް އައިސް ސޫފިޒަމް ފަތުރަން ދައްކަވާފައިވާ ވާހަކަފުޅުތަކުންނާއި މިއަދު ކުރެއްވި ޓްވީޓުން ރައީސް ނަޝީދަކީ މަޖިލިސް މެންބަރުކަމަށް ޝަރުޠުހަމަވާ ބޭފުޅެއް ނޫންކަން މިވަނީ ހާމަވެފައެވެ. މެންބަރަކަށްވުމުގެ 3 ވަނަ ޝަރުޠަކީ މުސްލިމަކަސްވުމާއި ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުމެވެ. ސުންނަތް ޖަމާއަތުގެ މީހަކު ސޫފިޒަމަށް ތާއީދުކޮށް މަތިވެރިއެއް ނުކުރާނެއެވެ. އެއީ ކަޑައެޅިގެން ބާޠިލް ޢަޤީދާއެކެވެ.
ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ ގިނަބައަކާއި ގިނަ ޢަދަދެއްގެ ދީނީ ޢިލްމެވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
"ސައްހަ އަޤީދާއަކީ ކޮބައިކަން ނޭނގޭ ހާލު ދިވެހިންގެ އަޤިދާ ނުގުޑާނޭ ބުނެ ބާތިލު އަޤީދާތަކަށް ގޮވާލައި އަދި ދިވެހިން މަގުފުރައްދަން އުޅޭ މީހުންނާއި މެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލަން! ދިވެހިންގެ ޢަޤީދާޢަކީ އަހުލުއްސުންނާ ވަލް ޖަމާޢަތުގެ ޢަޤީދާ!" : ޝައިޚް އިލްޔާސް ޙުސައިން
Sufism aky Nabiyya SAW genes dhehvi saafu Islamy hamathakaa usool aa fushuaraa Aqeedhaa eh! Dhivehinge saafu Ageedhaa halaaku kollumah, Sufism mithaangai fathuran siyaasee meehunge gothugai ulhuhvaa 'baeh' beyfulhun masahkai kurahvaane kameh neh! Ekameh nuvaane insha Allah!
--Sheikh Ali zaid
Sufi Aqeedhaage meehakee rayyithunge majileehuge memberukamuge sharuthu furihama nuvaane meeheh. Majlis member kamuge sharuthu furihama nuvaa meeheh majilees raees kamuge sharuthuves furihama nuvaane. pic.twitter.com/AycC4vwSFa
— Dr.Mohamed Iyaz (@dr_iyaz) November 17, 2020
Sahha ageedha akee kobaikan neyngey haalu dhivehinge ageedha nugudaaney bune baathil aqeedhaa thakah govaalai, dhivehin magu furadhdhan ulhey meehunnaa medhu samaaluvumah dhivehi rayyithunnah govaalan.
— Ilyas Hussain (@shkilyas) November 17, 2020
Dhivehinge aqeedha akee ahluh sunnah wal jamaaathuge aqeedhaa.