ޤުރުއާނުގަވަނީ މުސްލިމުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް ކަމަށް ރައީސް ނަޝީދު ޤަބޫލުނުކުރައްވާކަން އެމަނިކުފާނުގެ އިޢުތިރާފުން ސާބިތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޤުރުއާނުގަވަނީ މުސްލިމުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް ކަމަށް ރައީސް ނަޝީދު ޤަބޫލުނުކުރައްވާކަން އެމަނިކުފާނުގެ އިޢުތިރާފުން ސާބިތުވެއްޖެ!

ޤުރުއާނުގަވަނީ މުސްލިމުން ކޮންމެ ކަމެއްގަ ޢަމަލުކުރަންޖެހޭ ސިޔާސަތުތައް ކަމަށް ރައީސް ނަޝީދު ޤަބޫލުނުކުރައްވާކަން އެމަނިކުފާނުގެ އަމިއްލަފުޅު އިޢުތިރާފުން ސާބިތުވެއްޖެއެވެ. އެއީ "ޤުރުއާނުގެ އާޔަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ކިއުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ ކަމަށް،" އެމަނިކުފާނު ވިދާޅުވުމުންނެވެ. 

މިބަސްފުޅުން އެނގިގެންމިދިއައީ މުސްލިމުންގެ އެންމެ ވަރުގަދަ ސިޔާސީ ހަތިޔާރަކީވެސް އައްޑަނައަކީވެސް ކީރިތި ޤުރްއާންކަމުގައިވާއިރުވެސް އެކަން ރައީސް ނަޝީދު ޤަބޫލުފުޅު ނުކުރައްވާކަމެވެ. 

މަޝްހޫރުވެފައި އޮންނަނީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާކަމުގައެވެ. ދުޢާކުރަންވެސް އަންގަވައި ބަޔާންކުރައްވަވާފައިވަނީ ހަމަ ޤުރްއާނުގައެވެ. ވީމާ މިއީ އެއްވެސް މުސްލިމަކު ޝައްކުކުރާނެ ކަމެއް ނޫނެވެ. 

"ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރެވެ. އަދި އައްޑަނައެވެ. ވީމާ ކަންކަމުގެ ޙުއްޖަތް ދައްކަންވީމާ ޤުރްއާނުގެ އާޔަތްތައް ގެނައުން އެއީ މުސްލިމުން ކުރާނެ ކަމެކެވެ. ޤުރްއާނާއި ބީރައްޓެހި މީހަކަށް އެކަމުން ވެދާނެ އުނދަގުލަކަށް ނުބަލާނެއެވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މާތް ﷲ ފަނާކުރެއްވެވި ޤައުމުތައް ފަނާކުރައްވަވާފައިވަނީ އެކަލާނގެ އެންގެވުންތަކަށް ޢަމަލުނުކުރުމުންނެވެ. ބާވައިލެއްވެވި ފޮތްތަކަށް ތަބަޢަނުވުމުންނެވެ. މުސްލިމުންގެ ދުސްތޫރަަކީ ކީރިތި ޤުރްއާނެވެ. އެފޮތުގައި ވާ އާޔަތްތަކަކީ ހަމައެކަނި ޘަވާބުހޯދަން ކިޔަވައިލަން ބާވައިލެއްވެވި އާޔަތްތަކެއް ނޫނެވެ. ދރިއުޅުމުގެ ކޮންމެ ކަމެއްގައި ޢަމަލުކުރަން ބާވައިލެއްވެވި ސިޔާސަތުތަކެވެ. ވެރިކަންހިންގުމުގައިވެސް ޢަމަލުކުރަންވެސްމެއެވެ. 

އެހެންކަމަށްވާއިރު ސިޔާސީ ކަންކަމާއި ގުޅުވައިގެން ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔެވުމުން ރައީސް ނަޝީދަށް އުނދަގޫފުޅުވާކަމަށް ވިދާޅުވުމުން އެނގިގެންދަނީ ޤުރްއާން ބާވައިލެއްވެވި ސަބަބާއި އެފޮތުގައިވަނީ ﷲ ތައާލާ ބާވައިލެއްވެވި ސިޔާސަތުތައްކަން ރައީސް ނަޝީދު ޤަބޫލުފުޅު ނުކުރައްވަވާކަމެވެ.  

ދަަރުސްތަކުގަިވެސް ވާހަކަދައްކާއިރުވެސް ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔަނީ ކީރިތި ޤުރްއާނުގައިވާ ގޮތް ހަނދާންކޮށްދިނުމަށެވެ. އެގޮތަށް އަމަލުކުރަން ނަޞޭހަތްތެރިވެ ބާރުއެޅުމަށެވެ. 

މުސްލިމް ލީޑަރުންގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ބާރުގަދަ ވެރިކަމެއް ކުރެއްވެވި އެއްބޭކަލަކީ މުސްލިމުންގެ 3 ވަނަ ޚަލީފާ ޢުމަރުގެފާނެވެ. ޢުމަރުގެފާނު ބައެއްކަންކަން ނިންމަވަން އުޅުއްވަވާ ވަޤުތު ޞަޙާބީން ޤުރްއާނުގެ އާޔަތްތައް ވިދާޅުވުމުން އެބޭކަލުންނަށް ހުރަސް އެޅުއްވެވީއެއް ނޫނެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙޫކުމްފުޅު ހަނދުމަފުޅުކޮށް އެރުވުމުން ނިންމެވުންތައް އެގޮތަށް ބަދަލުކުރެއްވެވީއެވެ. 

މިނޫން ގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވަވާފައިވާ އެއްވެސް ވެރިއެއްވެސް އަދި އިންށާނެއްވެސް މިދުނިޔެއަކު ނުހުންނާނެއެވެ! ކީރިތި ޤުރްއާން އަޑުއިއްވުމުން އުނދަގޫވާނަމަ އެއީ އެމީހާގެ އިސްލާމްކަމާއިމެދު ސުވާލު އުފެދޭ ކަމެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

މިއަދު އޮންލައިން