ކޮވިޑް ޖެހިގެން މަރުވާ ލަންކާ މުސްލިމުން ދީނުގައޮތްގޮތަށް ރައްކާތެރިކަމާއެކު ވަޅުލަން އެހީތެރިވެދިނުން އެދެވިގެންވޭ!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ކޮވިޑް ޖެހިގެން މަރުވާ ލަންކާ މުސްލިމުން ދީނުގައޮތްގޮތަށް ރައްކާތެރިކަމާއެކު ވަޅުލަން އެހީތެރިވެދިނުން އެދެވިގެންވޭ!: ޤާސިމް

"ލަންކާގަ ކޮވިޑް -19 ޖެހިގެން މަރުވާ އިސްލާމުންގެ ޖަނާޒާގެ ކަންތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުޞަތު ނުލިބިގެން އެހަށިތައް އަންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއިއެކު ދީނުގައިވާގޮތަށް ކޮށްދިނުމަކީ އެދެވިގެންވާކަމެކެވެ." 

- ޤާސިމް އިބްރާހީމް 

ސްރީލަންކާގައި ކުއްލިއަކަސް ޤާނޫނެއް ހަދައި ކޮވިޑްޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އަންދަމުން ގެންދާތީ ގިނަބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

"ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އަންދާލާ ސިޔާސަތަކީ ލަންކާއިން ބައިނަލްއަޤްވާމީ މުޢާހަދާތަކާ ޤާނޫނުތަކާއި ދެކޮޅަށް ކުރާ ކަމެކެވެ. މުސްލިމުން އަންދާނުލާ ރާއްޖޭގަ ވަޅުލަން އެއްބަސްވުމަކީ ރަނގަޅުކަމެކެވެ. ލަންކާއިން ހުރިހާ ޚަރަދެއް ދޭންޖެހޭނެއެވެ." 

- އިބްރާހީމް ރަޝީދު (ކަނޑުވައި)

މިއަދު އޮންލައިން