ހުޅުމާލޭގައި ސަތޭކަ ފަސްދޮޅަސް ދެ ހައުސިން ޔުނިޓް އެޅުމަށް ސޮއިކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 56ސ
ހުޅުމާލޭގައި ސަތޭކަ ފަސްދޮޅަސް ދެ ހައުސިން ޔުނިޓް އެޅުމަށް ސޮއިކޮށްފި

 ހުޅުމާލޭގައި "މިކްސް ރެސިޑެންޝަލް ޑިވެލޮޕްމެންޓް" ދަށުން ތަރައްޤީ ކުރުމަށް ކުރިން  މެގަ އިންފްރާ ޕްރޮޖެކްޓްސް އާއި ހަވާލުކުރެވިފައިވާ  ޕްރޮޖެކްޓް ޑީޑް އޮފް އެސްއިންމެންޓްގެ ދަށުން ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ތަރައްޤީ ކުރުމަށް އިއްޔެ ސޮއި ކޮށްފިއެވެ.

މިކަމަށް އިއްޔެ އެޗްޑީސީގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރ މާޒިން އިބްރާހިމް ރަފީޤް އަދި  އެޗް.ޑީ.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަޙްމަދެވެ.

މިޑްރޭންޖް ހައުސިންގްއަށް ޙާއްޞަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގެ ދަށުން 162 ހައުސިންގ ޔުނިޓް ތަރައްޤީ ކުރެވިގެންދާނެއެވެ. ރެއިންބޯ މެގަ ޑިވެލޮޕާސް އަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރިއިވެޓް ލިމިޓެޑްގެ މެދުގައި އުފައްދައިފާވާ ޖޮއިންޓް ވެންޗަރ ކުންފުންޔެކެވެ. 24 މަހުގެ ތެރޭގައި ނިއްމުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް މިޑްރޭންޖް ހައުސިންއަށް ޙާއްޞަ ކުރެވުނަސް ލަގްޒަރީ ޕްރޮޕަޓީ އަކުން ލިބޭނެ ސުވިމިންގް ޕޫލް، ޖިމް ފަދަ ގިނަ ވަޞީލަތްތަކެއް، ހިމެނިގެންދާނެ ކަމަށް ރެއިންބޯ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރ މާޒިން ފާހަގަކުރެއްވިއެވެ.

އެޗްޑީސީން ބުނެފައިވަނީ  އަމާޒަކީ، ހުރިހައި ފަންތިއަކަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިމަގުގައި އިތުރުކޮށް، އެފަދަ މަޝްރޫޢުތަކުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށާއި އެގޮތުން ކުރިއަށް އޮތް އަހަރުގައިވެސް އެކި ފަންތިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެއިތުރުން "ކޯ ލިވިން" ކޮންސެޕްޓުގައި ވަޒީފާ އަދާކުރުމަށް މަލެ ސަރަޙައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދާނިއެއް ލިބޭ މީހުންނާއި ކިޔެވުމާއި ވަގުތީ ބޭނުންތަކަށް މާލެ ސަރަހައްދަގައި ދިރިއުޅޭ ކިޔަވާކުދިންނަށް ޙައްޞަކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެޗްޑީސީން ވަނީ އިޢުލާނުކޮށްފައެވެ.

މިއަދު އޮންލައިން