އެމްޓީސީސީ އިން ތަރައްޤީ ކުރާ ވ. ރަކީދޫގެ ބަނދަރު މަޝްރޫޢުގެ މަސައްކަތުގެ %64 ނިންމައި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ގޮނޑުދޮށް ސަރަޙައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް.ކަމަށް އެކުންފުނިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 5،554 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، މިހާރު ބޭނުންކުރަމުންދާ ނެރުގެ 100 ކިއުބިކް މީޓަރު ފުންކުރުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 594 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 08 ޖޫން 2020 ގައެވެ.
މީގެއިތުރުން ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާއިރު މިމަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ އެލް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.