ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޝަން (އެޗްޑީސީ) އާއި ގުޅޭމަޢުލޫމާތު ވިހާވެސް ފަސޭހައިން މަޢުލޫމާތު ފޯރުކޮށްދިނުމަށް "މިތުރު" ގެ ނަމުގައި ޗެޓްބޮޓެއް ތަޢާރަފު ކޮށްފިއެވެ.
އެޗް.ޑީ.ސީ އިން ބުނެފައިވަނީ އާންމު ރައްޔިތުންނާއި މެދު އޮންނަ ގުޅުން ރަނގަޅުކޮށް މަޢުލޫމާތު ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހުށަހެޅި މައްސަލަތަކަށް ވީހާވެސް އަވަހަށް ޖަވާބުދާރީ ވުމަށް "މިތުރު" ވެގެން ދާނި އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި ފޭސްބުކް މެސެންޖާއިންނާއި އެކޯޕަރޭޝަންގެ ވެބްސައިޓުން ލިބިގެންދާ މި ޙިދުމަތުން، އެ ކޯޕަރ ޝަންނުން ދެމުންދާ ހިދުމަތްތަކަށް އެދުމުގެ އިތުރުން، ހިދުމަތްތަށް ބޭނުންކުރާނެ ގޮތް ކިޔާދޭނެ ކަމަށެވެ.
"ހުޅުމާލޭ ގައި އިންވެސްޓަރުންނަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތާއި އިންވެސްޓަރުން އަމަލު ކުރަންވީ ގޮތް ފަސޭހައިން "މިތުރު" ގެ ޒަރިއްޔާއިން ފޯރުކޮށްދެވިގެންދާނެ. މީގެއިތުރުންވެސް ހުޅުމާލެ އާއި ބެހޭގިނަ މަޢުލޫމާތު ތަކެއް "މިތުރު" ގެ އެހީގައި ދެވޭނެ. ހުޅުމާލޭގެ ޗާޓު ފަދަ ތަކެތި ފަސޭހައިން ބަލާލުން ފަދަ ހިދުމަތްތައް ހިމެނިގެން ތަޢާރަފުކޮށްފައިވާ ޗެޓްބޮޓު މިއަދުން ފެށިގެން ބޭނުންކުރެވޭނެ އަދި ކުރިމަ ގުގައި "މިތުރު "ގެ ހިދުމަތްތަކުގައި ދިމާވާ މައްސަލަތަށް ބަލާ އިތުރު މަޢުލޫމާތު ހިމެނުމަށް ވަނީ ހަމަޖެހިފަ" އެޗް.ޑީ.ސީ އިން ބުނެފައިވެއެވެ.
އެޗެ.ޑީ.ސީގެ އުއްމީދަކީ މިހާރުވެސް ހުޅުމާލޭގައި ދިމާވާ ދަތިތަކާއި ގުޅިގެން މައްސަލަ ހުށަހެޅުމުގައި ފަސޭހަވެ ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް އަދި އިންވެސްޓަރުންނާއި އެ ކޯޕަރޝަންގެ ގުޅުން "މިތުރު" ގެ ސަބަބުން އިތުރަށް ފުރިހަމަ ވެގެންދިއުން ކަމަށާއި އަދި ހިދުމަތްތަކުގެ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދީގެން ކުރަމުން އަންނަށް މަސައްކަތެއް ކަމަށެވެ.