އުނގޫފާރު މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އުނގޫފާރު މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި

ރ.އުނގޫފާރު މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނި އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %50 ނިންމައި މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 22 ޑިސެމްބަރ 2020 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 43 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީިގެއިތުރުން އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ރ. ދުވާފަރު ސިއްޙީ މަރުކަޒު ކުރިމަތީ 50 ފޫޓު 30 ފޫޓުގެ ޕޭވްމަންޓެއް އަޅައިދިނުމުގެ މަސައްކަތް ވެސް 22 ޑިސެމްބަރ ގައި ވަނީ ނިންމާލައިފިއެވެ.

މިއަދު އޮންލައިން