ސްޕީޑް ފެރީގެ ހިދުމަތް ތ. އަތޮޅުން ލ. އަތޮޅާ ދެމެދު އެމްޓީސީސީން ފަށައިފިއެވެ.
މިކަމާގުޅިގެން އެމްޓީސީސީ އިން ބުނެފައިވަނީ ތ. އަތޮޅު އަދި ލ. އަތޮޅާ ދެމެދު ފެށުމަށް ނިންމާފައިވާ ލޯންޗް ފެރީގެ ހިދުމަތުގެ ފުރަތަމަ ދަތުރު މިއަދު ފަށާއިރު ތ. އަދި ލ. އަތޮޅާ ދެމެދެ ފަށާ ލޯންޗް ފެރީގެ ހިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަން ކަމަށެވެ.
ސްޕީޑް ފެރީގެ ޓިކެޓު އަގުތަކަކީ ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު 75.00 ރުފިޔާ ކަމަށާއި ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. އަދި ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާ ކަމަށާއި ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ދެ އަތޮޅު ދެމެދު ލޯންޗު ފެރީ ހިދުމަތް ފެށުން އިއުލާންކުރީ އެމްޓީސީސީން މި ހިދުމަތް އިފްތިތާހް ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.