މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ނިންމާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ނިންމާލައިފި

ލ. މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު 29 ޑިސެމްބަރ 2020 ވަނަ ދުވަހު އެމްޓީސީސީ އިން ނިންމާލައިފިއެވެ.

އެމްޓީސީސީ ބުނެފައިވަނީ  09 އޮކްޓޯބަރ 2019 ގައި ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން، 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި،  568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 55 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނޭ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

މީގެއިތުރުން ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %65 މިހާރު ނިމިފައިވާކަމަށާއި މި މަޝްރޫޢުގެ ދަށުން، ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް 29 ޑިސެމްބަރ 2020 ގައި ވަނީ ޕްރޮޖެކްޓް ސައިޓަށް އަންލޯޑު ކޮށްފައި ކަމަށް އެމްޓީސީސީ އިން ވަނީ ބުފައެވެ.

މި މަޝްރޫޢުގެ ދަށުން، 5،554 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، މިހާރު ބޭނުންކުރަމުންދާ ނެރުގެ 100 ކިއުބިކް މީޓަރު ފުންކުރުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 594 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18.5  މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 08 ޖޫން 2020 ގައެވެ.

މިއަދު އޮންލައިން