އެމްޓީސީސީ އިން ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ނިންމާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމްޓީސީސީ އިން ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީ އިން ޏ. ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢު 30 ޑިސެމްބަރ 2020 ވަނަ ދުވަހު ނިންމާލާފާއިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 2950 މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 4425 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ކޮންކްރީޓް ގައު އެތުރުމާއި، މަގުބައްތި ހަރުކުރުމާއި، އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 37.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެއިތުރުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 01 ޖެނުއަރީ 2021 ގައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް އެމްޓީސީސީ އިންވަނީ ބުނެފައެވެ. މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވ ެ.

މިއީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއަދު އޮންލައިން