އެމްޓީސީސީން އެކުންފުނީގެ ހަޔާތުގައި އެންމެ ގިނަ މަޝްރޫއު ނިންމާފައިވަނީ މިދިޔަ އަހަރު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެމްޓީސީސީން އެކުންފުނީގެ ހަޔާތުގައި އެންމެ ގިނަ މަޝްރޫއު ނިންމާފައިވަނީ މިދިޔަ އަހަރު!

އެމްޓީސީސީން އެކުންފުނީގެ ހަޔާތުގައި އެންމެ ގިނަ މަޝްރޫއުތަށް ނިންމާފައިވަނީ މިދިޔައަހަރު ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސީއީއޯ އާދަމް އާޒިމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެކުންފުންޏައް 40 އަހަރުވެގެން ދިޔައިރު، މިހާތަނަށް އެންމެ ގިނަ މަޝްރޫއު ނިންމާފައިވަނީ މިދިޔަ 2020 ވަނަ އަހަރުގައި ކަަމަށާއި އަދި މިކާމިޔާބީއަށް ތަކައި އެކުންފުނީގެ ހުރިހާ މުވަޒަފުންނަށް ސީއީއޯ އާޒިމް ވަނީ ޝުކުރު ދަންނަވާފައެވެ.

އެމްޓީސީސީން މިދިޔަ އަހަރު އެންމެ ގިނައިން ނިންމާފައިވަނީ ރަށްރަށުގެ ބަނދަރުގެ މަޝްރޫއުތަކާއި ފުޓްބޯޅަ ދަނޑުތަކުގެ މަޝްރޫއުތަކެވެ. އެގޮތުން 13 ރަށެއްގެ ބަނދަރުގެ މަޝްރޫއު ނިންމާފައިވާއިރު، 7 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައިވެއެވެ.

ޖުމްލަ 34 މަޝްރޫއެއް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން