ފުޑް ކޯޓުތަކުން ޚިދުމަތް ނުދޭ ސާދަ ގޮޅި ދޫކުރަން އެސްޓީއޯ އިން ބީލަމަށް ހުޅުވާލައިފިއެެވެ.
މިކަމާގުޅިގެން އެސްޓީއޯ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފަިއވަނީ މި ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި ގޮޅިތައް ބަލަން ބެނުންވާ ފަރާތްތަކަށް އެފުރުސަތު ލިބިގެންދާނީ މިމަހުގެ ހަތްވަނަ ދުވަހާއި ދިހަވަނަ ދުވަހުގެ މެންދުރު 2:00 އިން 3:00 އަށް ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެސްޓީއޯގެ މައި އިދާރާގެ ރިސެޕްޝަނުން ފޯމުތައް ބަލައިގަންނަން ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.