ހުޅުމާލެ ދެވަނަފޭސް ގައި ފިއުލް ޝެޑް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހުޅުމާލެ ދެވަނަފޭސް ގައި ފިއުލް ޝެޑް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ހުޅުމާލެ ދެވަނަފޭސް ގައި ފިއުލް ޝެޑް ހިންގާނެ ފަރާތެއް ހޯދުމަށް އެޗް.ޑީ.ސީ އިން އިއުލާންކޮށްފިއެވެ.

އެޗް.ޑީ.ސީ އިން ބުނެފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ނިމި މި ސަރަހައްދަކީ މުސްތަޤުބަލުގައި ގިނަ އަދެއްދެއްގެ އާއްމު ރައްޔިތުންތަކެއް އާބާދު ވާނެ ސަރަހައްދެއްކަމުން ފޭސް ދޭކަށް ބަދަލުވާ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ޙިދުމަތްތައް ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށާއި މިގޮތުން ފޭސް 2 ގައި ދެ (02) ޕެޓްރޯލް ޝެޑެއް ޤާއިމްކޮށް ހިންގާނެ ފަރާތެއް ހޯދުމަށްވަނީ 05 ޖަނަވަރީ 2021  ވަނަ ދުވަހު އިޢުލާން ކުރެވިފައި ކަމަށެވެ.

ޒަމާނީ ފެންވަރެއްގައި ޕެޓްރޯލް ޝެޑް ހެދުމަށް މިފަހަރު އިޢުލާން ކުރެވިފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ޕްލޮޓް RD-4(a)  (7،327.20އަކަފޫޓު)  އާއި, N4-24(C)  )10،179.31 އަކަފޫޓު) ބިމެވެ. މިގޮތުން RD-4(a) ޕްލޮޓްގައި ޤާއިމްކުރާ ޕެޓްރޯލް ޝެޑްގެ އިތުރުން ކާރ ވޮޝްއެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި N4-24(C) ޕްލޮޓްގައި ޤާއިމްކުރާ ޕެޓްރޯލް ޝެޑްގައި ފުރޮޅު ބެއްދުން އަދި ފުރޮޅު ބަދަލުކުރުން ފަދަ ކުދި މަރާމާތު މަސައްކަތް ކުރެވޭނެ ގަރާޖެއް ހިންގުމަށް ވަނީ ކަނޑައެޅިފައެވެ. އަދި ޤާއިމްކުރެވޭ ދެ ޕެޓްރޯލް ޝެޑުންވެސް ސެލްފްސާވިސްގެ ޙިދުމަތާއި ފުރޮޅަށް ވައި ޖެހޭނެ އިންތީޒާމު ލިބޭނެ ގޮތަށް ތަރައްޤީކުރުމަސް ވަނީ ކަނޑައެޅިފައެވެ.  

އެޗް.ޑީ.ސީ އިން ބުނެފައިވަނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

މި މަޝްރޫޢު އާއި ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ޕްރޮޕޯސަލް މީޓީންގ 18 ޖަނަވަރީ 2021 ވަނަ ދުވަހުގެ 14:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އެފް.ޕީ އާއި ބެހޭ އިތުރު މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުންނާއި މައި ހުޅުމާލޭ ޕްރޮޕަޓީސް ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން