ހުޅުމާލޭގައި ވިޔަފާރި ކުރަން ބެނުންވާ ފަރާތްތަކަށް އީ.އޯ.އައި ފޯމު ހުށަހަޅުމުގެ ފުުރުޞަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ހުޅުމާލޭގައި ވިޔަފާރި ކުރަން ބެނުންވާ ފަރާތްތަކަށް އީ.އޯ.އައި ފޯމު ހުށަހަޅުމުގެ ފުުރުޞަތު ހުޅުވާލައިފި

ހުޅުމާލޭގައި ވިޔަފާރި ކުރަން ބެނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީ.އޯ.އައި) ފޯމު ހުށަހަޅުމުގެ ފުުރުޞަތު އެޗްޑީސީއިން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލޭގައި އެކި ގޮތްގޮތުން ވިޔަފާރި ކުރަން ބެނުންވާ ބޭފުޅުންނަށް، އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީ.އޯ.އައި) ފޯމު ހުށަހަޅުމުގެ ފުުރުޞަތު ވެސް ވަނީ ހުޅުވާލެވިފައިވާކަމަށާއި މި ފޯމް https://hdc.com.mv/app/files//2020/12/EOI-Application-form-version-1.pdf  ވެބްޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

މިފޯމް ހުށަހެޅުމުން، އެފަރާތަކާއި ގުޅުން ހުރި އާރް.އެފް.ޕީ އެއް އިޢުލާން ކުރެވޭއިރު އެފަރާތަކަށް އެންގޭނެ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ރޭވިފައިވާ އިރު، މިގޮތަށް ހުޅުވާލެވޭ ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުންނާއި މައި ހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމަށާއި އަދި އަމާޒަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި ހުޅުމާލެ ޒިޔާރަތް ކުރަށްވާ ފަރާތްތަކުގެ ބޭނުންތަކަށް ބަލައި ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ފުރުޞަތު ދިނުންކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން