މެލެޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 56ސ
މެލެޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފި

މުޅި މެލެޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފިއެވެ.

މެލެޝިޔާގެ ރަސްގެފާނު އައްސުލްތާން އަބްދުﷲ ރިއާޔަތުއްދީން އަލް-މުސްތަފާ ބިﷲ ޝާހް، މުޅި ގައުމުގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރެއްވީ އެޤައުމުގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރޭން ފެށުމާ ގުޅިގެންނެވެ.

މެލޭޝިޔާގެ ރަސްގެފާނު ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިޢްލާން ކުރެއްވީ، މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާ އިއްޔެ ބައްދަލުކުރައްވައި، ބަލީގެ ހާލަތާގުޅޭގޮތުން ބޮޑުވަޒީރާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރަސްގެފާނުގެ ބަޔާނުގައި ބުނެފައިވަނީ މެލޭޝިޔާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައިވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ކޮންމެހެން އިޢްލާން ކުރަން ޖެހުމުން އެކަން ކުރެއްވީ ކަމަށެވެ.

އޮގަސްޓްމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ނުވަތަ، ބަލީގެ ހާލަތު ރަނގަޅުވެ ރަސްގެފާނު އިތުރު ގޮތެއް ނިންމަވަންދެން ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނާނެ ކަމަށްވެސް ރަސްގެފާނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

 

 

މިއަދު އޮންލައިން