އެމްޓީސީސީ ގެ ސާޅީސް އަހަރުގެ ދިގު ތާރީޚު ގައި ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ މިދިޔައަހަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
އެމްޓީސީސީ ގެ ސާޅީސް އަހަރުގެ ދިގު ތާރީޚު ގައި ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ މިދިޔައަހަރު!

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ މިއަދު މިވަނީ ކުންފުނީގެ ވެ ބްސައިޓްގައި އާންމުކޮށްފައެވެ. މި ނަތީޖާ އަށް ބަލާއިރު މިއީ އެމްޓީސީސީ ގެ 40 އަހަރުގެ ދިގު ތާރީޚު ގައި ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި އަހަރެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 85.62 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ މިމުއްދަތުގައި ލިބުނު ނަތީޖާއާއި (2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރ: 31.41 މިލިއަން ރުފިޔާ) އަޅާބަލާއިރު %15.52 އިތުރު އަދަދެކެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، ހަތަރުވަނަ ކުއާޓާރގައި ޖުމުލަ 10.400 މިލިއަން ރުފިޔާގެ (2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރ: 31.377 މިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 24.77 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރ: 77.50 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކުރެވިފައެވެ. އަދި 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 35.1 ބިލިއަން ރުފިޔާގެ (2019 ވަނަ އަހަރުގެ މިމުއްދަތުގައި: 14.1 ބިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 11.203 މިލިއަން ރުފިޔާ (2019 ވަނަ އަހަރުގެ މިމުއްދަތުގައި: 08.63 މިލިއަން ރުފިޔާ) ރިކޯޑްކުރެވިފައެވެ.

މި ނަތީޖާއަކީ ކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގަ އި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަން އެމްޓީސީސީ އިން ވަނީ ފަހުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

2020 ވަނައަހަރުގެ ހަތަރުވަނަ ކުއާޓާރގައި އެމްޓީސީސީ އިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ހަތަރުވަނަ ކުއާޓާރގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގާފައެވެ. އެގޮތުން 52 މަޝްރޫއެއްގައި މަސައްކަތްކުރެވި 11 މަޝްރޫއެއްގެ މަސައްކަތްވަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. އަދި 5 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ވަނީ ފެށި، އިތުރު 17 މަޝްރޫއެއްގެ މަސައްކަތާއި ކުންފުނިން ވަނީ ހަވާލުވެފައެވެ. އަދި މުޅި އަހަރަށް ބަލާލާއިރު، ޖުމުލަ 34 އުމްރާނީ ތަރައްޤީ މަޝްރޫއެއްގެ މަސައްކަތް 2020 އަހަރު ތެރޭ ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. 

އެމްޓީސީސީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައިވަނީ ހިންގިފައެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދެވިފައެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް ކުންފުނިން އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުންދާކަމަށާއި އަދި ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންކަމަށެވެ.

ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޙިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަމުގެ އުފާވެރި ޚަބަރު  ޙިއްޞާދާރުންނަށް އަރުވާކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިޞްލާޙުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމަށާއި ކުންފުނީގެ އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ޙިއްޞާދާރުންނާއި މުޖުތަމަޢުއަށް ނަފާ ލިބޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

މިއަދު އޮންލައިން