ހުޅުމާލޭ ފޭސް 2 އިން ކޮމާޝަލް ސްޕޭސްއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހުޅުމާލޭ ފޭސް 2 އިން ކޮމާޝަލް ސްޕޭސްއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި  ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެސަރަހައްދުގައި އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ފަރާތަކެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

މިގޮތުން ކްލިނިކްއަކާއި ފާމަސީއެއްގެ އިތުރުން ސުޕަމާކެޓާއި ގްރޯސަރީ ސްޓޯރ އަދި ކެފެޓީރިއާ ހިންގުމަށް ހުޅުވާލެވުނު ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތުވަނީ އިތުރުކުރެވިފައިވާއިރު މިގޮތަށް ބަދަލުކުރުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ، ގިނަ އަދަދެއްގެ ބޭފުޅުން މި ޔުނިޓްތައް ބަލާލުމަށް އެދިލެއްވުމުން އެ ފުރުޞަތު ފަހިކޮށްދިނުމާއި، ވީހާވެސް ގިނަ ފަރާތްތަކަށް މި ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދިނުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މިގޮތުން މިހާރު ކަނޑައެޅިފައިވާ އައު ތާރީޙު ތަކަކީ: 

ސުޕަމާކެޓް

28 ފެބްރުވަރީ 2021

17:00 – 16:00

ހުރަވީ ސްކޫލް

ގްރޮސަރި ސްޓޯރ

1 މާރިޗު 2021

17:00 – 16:00

ހުރަވީ ސްކޫލް

ކެފެޓީރިއާ

2 މާރިޗު 2021

17:00 – 16:00

ހުރަވީ ސްކޫލް

ކްލިނިކް

3 މާރިޗު 2021

17:00 – 16:00

ހުރަވީ ސްކޫލް

ފާމަސީ

4 މާރިޗު 2021

17:00 – 16:00

ހުރަވީ ސްކޫލް

 

އެޗްޑީސީ އިން ބުނެފައިވަނީ މި ޔުނިޓްތައް ބަލާލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މި ޔުނިޓްތައް 11 ފެބްރުވަރީ 2021 ވަނަ ދުވަހު ދައްކާލުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި އަދި މި ޔުނިޓުތަކާއި އާރް.އެފް.ޕީ އާއި ބެހޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން އަދި މައި ހުޅުމާލެ ޕްރޮޕަޓީ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ހިޔާ ކޮމާޝަލް ސްޓޭޖް 2 އަދި 3 ގެ ދަށުން ކްލިނިކް، ގޮރޯސަރީ ސްޓޯރގެ އިތުރުން ސެލޫން އަދި ބުކްޝޮޕް ފަދަ ހިދުމަތްތަކަށް ޔުނިޓްތައް ކަނޑައަޅާ އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން