ކޮވިޑް ބަލި މިހާރު ފެތުރެމުންދަނީ ކުރިއަށްވުރެ ބާރަށް ކަމަށާއި ކުރިން ބަލިޖެހޭ މީހަކަށް 2 މީހުން ޕޮޒިޓިވްވި ނަމަވެސް މިހާރު އެއަދަދު 5 އަށް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެޗްޕީއޭއިން ދެމުންގެންދާ އިރުޝާދުތަކަށް ޢަމަލުކުރުން އިތުރުކުރަންޖެހޭ ކަމަށެވެ. "ޕޮޒިޓވްވާ މީހަކަށް 5 މީހުން ޕޮޒިޓިވްވާނަމަ އެއީ ވަރަށް ގިނަ އަދަދެއް! ކުޅިވަރުކުޅޭ ޓީމްތައް އެކުގައިހެން އެބަދޭ ޕޮޒިޓިވްވަމުން. އެންމެ ބޮޑު މައްސަލައަކީ މާސްކްއަޅައި ރައްކައުތެރިނުވާކަން."
"ކުރިއަށްވުރެ މާބާރަށް ފެތުރެމުން މިދަނީ. މިކަމަށް ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ބޭނުން. އެންމެން އެއްބާރުލުން ނުދީ ކޮންޓްރޯލެއް ނުކުރެވޭނެ! ޙައްލަކީ އެންމެން ސަމާލުކަން ދިނުން. ބޭރު ޤައުމުތަކުން ބަލާމިންގަނޑުން ބަލާނަމަ ރާއްޖެ މިހާރު މިވަނީ ހައި ރިސްކް ލެވެލްގަ!" ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ އިތުރު ފިޔަވަޅުތައް އަޅަން ނިންމައި އިއުލާނުކޮށްފައެވެ. އެޗްޕީއޭއިން މިފަދަ ފިޔަވަލުތަކެއް މިއެޅީ އިތުރު ފިޔަވަޅު ނުއަޅަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވާފައިވަނިކޮށެވެ.