މިރޭ 12 އިން ފެށިގެން އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނީ ދެވަނަ ހަފްތާގައި ކަމަށާއި ރަނގަޅު ނަތީޖާއެއް ނުފެނުނު ނަމަ ފިޔަވަޅުތައް ޖެހޭނީ މުއްދު އިތުރު ކުރަން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ލުއިތައް އަވަހަށް ބޭނުންނަމަ ކުރަން އޮތް ކަމަކީ ފިޔަވަޅުތަކަށް އެންމެން އަމަލުކުރުން ކަމަށެވެ.
މިއަދުގެ ޕްރެސްގައި ބުނީ ބަލި މިގޮތަށް ފެތުރެމުންދާނަމަ ވެކްސިން ދިނުމަށްވެސް ހުރަސްތައް އެޅޭނެކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ހުރިހާ ހުރަސްތައް ޙައްލުކުރަންވެސް ކުރަން އޮތް ކަމަކީ ބަލި ފެތުރުން ހުއްޓުވަން މަސައްކަތްކުރުން ކަމަށެވެ.