ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި

މިދުވަސކޮޅުއި ހަލުވިކަމާއކު ކޮވިޑް ފެތުރެމުންދާތީ ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ދެންމެ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ  ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި  މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން އަދި އިމަޖަންސީކޮށް ސިއްހި ފަރުވާ ހޯދަންދާ މީހުން މި އެންގުމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން