މާލެސިޓީ ރަށްޔިތުންނަށް ގޯތި ހޯދަން ހިންގާ ޙަރަކާތުގެ އެންމެން 3 ބަލި ކުރާނެކަމަށް ބުނާ ބުނުމުން ދޭހަވާ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 4ސ
މާލެސިޓީ ރަށްޔިތުންނަށް ގޯތި ހޯދަން ހިންގާ ޙަރަކާތުގެ އެންމެން 3 ބަލި ކުރާނެކަމަށް ބުނާ ބުނުމުން ދޭހަވާ ކަންކަން-

އެމް.ޑީ.ޕީ ގެ ދެވެރިކަމުގަ މާލެ ސަރަޙައްދުގެ ރަށްތަކާ ފަޅުތައް އެޗް.ޑީ.ސީ އަށް ދިން މަށްސަލައިގައި މާލެސިޓީ ރަށްޔިތުންނަށް ގޯތި ހޯދަން ހިންގާ ޙަރަކާތުގެ އެންމެން 3ބަލި ކުރައްވާނެ ކަމުގައި ރަޢީސް ނަޝީދު ނުސީދާކޮށް ވިދާޅުވި ވިދާޅުވުމާއިމެދު ދެކެނީ މިފަދައިންނެވެ.

އެމަނިކުފާނު ވިދާޅުވީ މިފަހަރު އިންތިޚަބަށް މި ނިކުނަނީ ވާދަވެރިން ތިންބަލި ކުރަށްވަން ކަމަށެވެ. 

ރަޢީސް ނަޝީދު އެވިދާޅުވާ 3 ބައްޔަކީ:

މާލެ ސިޓީ ރަށްޔިތުންގެ ފުރަތަމަބަލި. 

1. 2009 ގެ ވެރިކަމަށް އެމް.ޑީ.ޕީ އައުމަށް މާލެ ރަށްޔިތުންނަށް ވަޢުދުވި ގޯތި ނުދީ ހުޅުމާލެ އެޗް.ޑީ.ސީގެ މިލްކަކަށް ހެދި އަނިޔާވެރި ނިންމުން ކާމިޔާބު ކޮށްފަ ވަނިކޮށް 2012 ގަ ވެރިކަން ވެއްޓި، ވެރިކަން ހޯދަން 2009 ގަ ވައުދުވި ހުޅުމާލެ ގޯތި ނުދީ 2018ގެ އިންތިޚާބް ގަ މާލެ ރަށްޔިތުންނަށް ގޯތިދޭން ވަޢުދުވެ ވެރިކަން ކާމިޔާބު ކުރުން. މީ ފުރަތަމަ ބަލި. 

މާލެ ސިޓ ރަށްޔިތުންގެ ދެވަނަ ބަލި. 

2. 2018 ގެވެރިކަން ކާމިޔާބުކޮށް 2019 ގެ މަޖްލިސް އިންތިޚާބަށް ގިރާވަރުކަނޑުން ފެށިގެން ކަޅިއާ ދޭތެރޭގަ ހިމެނޭ ގުޅިފަޅު، ތިލަފަޅު، ހުޅުމާލެ އިން ގޯތި ދޫކުރަށް ވަޢުދުވެ މަޖްލިސް ކާމިޔާބުކޮށް، 2020ގަ ގުޅިފަޅު، ތިލަފުށި/ފަޅު އެއްކޮށް މާލެ ޕޯރޓް ހެދުމުގެ ނަމުގަ މާލެ ރަށްޔިތުންގެ ކިބައިން ނިގުޅައިގަތުމަށް ފަހު މާލެ ސަރަޙައްދު އެއްކޮށް (ގްރޭޓަރ މާލެ) އެޗް.ޑީ.ސީ އަށް ދިނުން. މިހެން ހެދުމުން މި ސަރަހައްދުން މާލެ ރަށްޔިތުންނަށް ގޯތި ދެވެން އޮތް ހުރިހާ ތަނެއް ނިގުޅައިގަނެވުނީ.  މީ ދެވަނަ ބަލި. 

މާލެ ސިޓީ ރަށްޔިތުންގެ 3ވަނަ ބަލި. 

ލޯކަލް ކައުންސިލް އިންތިޚާބުގަ މާލެ ސިޓީ ކައުންސިލް އެއްކޮށްނަގާ ކާމިޔާބު ކުރާނެ ކަމަށް ޗެލަންޖް ކުރަށްވާ ރައީސް ނަޝީދު ވިދާޅުވެފަވަނީ މާލެ ރަށްޔިތުންނަށް އެމަނިކުފާނު އެގޭނެ ކަަމަށާ ގޯތި ދޭން ސީދާކޮށް ވިދާޅުވެފަ ނުވާނެކަމަށް. އަބަދުވެސް ވިދާޅުވަނީ ދެވިދާނެ. ކުރެވިދާނެ މިގޮތަށް ކަމަށް. 

މިފަހަރުވެސް ކުރީގެ ގޮތަށް ކަންކުރަށްވާ ކާމިޔާބު ކުރަށްވާނެކަމަށް ތަފާތު ޕޯޑިއަމްތަކުގަ ވިދާޅުވަމުންދޭ. އެމް.ޑީ.ޕީ އިން މާލެ ސިޓީ ކައުންސިލް ކާމިޔާބު ކޮށްފިނަމަ މިފަހަރު މާލެސިޓީ ރަށްޔިތުން ވާނީ ތިންވަނަ ބަލި. ގޯތި ނުދީ އެބިންތަށް ނިގުޅައިގަތުމުގެ އިތުރުން އެވާހަކަ ތަކުރާރުކޮށް ދައްކައިގެން ކާމިޔާބު ކުރާ 3ވަނަ އިންތިޚާބް. 

ރައީސް ނަޝީދު މާލެ ރަށްޔިތުންނަށް ޗެލަންޖް ކޮށް އެވިދާޅުވި 3 ބަލި ފެށުމާ ނިމުން.

މާލެ ސިޓީ ގޯތި ހޯދުމުގެ ޙަރަކާތަކީ މާލެ ރަށްޔިތުންގެ ތެރޭގަ ހިމެނޭ އެމް.ޑީ.ޕީ ގެ އިސް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގެ ބަޔަކު އެމް.ޑީ.ޕީ އިން މާލެ ސަރަޙައްދުގަ ގޯތި ދެވެން އޮތް ހުރިހާ ތަނެއް އެމް.ޑީ.ޕީ ގެ 2 ވެރިކަމުގަ ނިގުޅައިގަނެ މާލެ ސަރަޙައްދުން ގޯތި ދިނުމުގެ ފުރުޞަތު އެމް.ޑީ.ޕީ އިން ގެއްލުވާލި މައްސަލައިގަ މާލެ ރަށްޔިތުންގެ ގޯތި ޙައްޤު ހޯދާ އިޢާދަ ކުރުމަށް މާލޭ ސިޓީ ގެ 15،000 އަށްވުރެ ގިނަ މީހުން ބައިވެރިވެ ހިންގާ ޙަރަކާތެކެވެ. 

މި ޙަރަކާތުގެ ވައިބަރ ގްރޫޕް ގަ އެކަނިވެސް 3000 މީހުން + ބައިވެރިވެ އެވެ. 

އެމް.ޑީ.ޕީ ގެ ފުރަތަމަ ވެރިކަމުގަ 2009 ގަ ހުޅުމާލެ ވަނީ ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ގެ އެދުމަށް 10،400 ގޯތި × 1500 އަކަފޫޓު ގެ ހުޅުމާލެ، ރައީސް މައުމޫން ފޭސް 1 އިން ދޫކުރެއްވި 1000-2000 ގޯތި ކަނޑާލާފަ ބާކީ އޮތް 8000 + ގޯތި ދޭންއޮތް ބިމާ، ހުޅުމާލެ، ފަރުކޮޅުފުށި އަދި ދެތަނުގެ ފަޅާ އެކު ސީދާ ރަޢީސް ނަޝީދުގެ ޤަރާރަކުން އެޗް.ޑީސީ އުފައްދާ އެޗް.ޑީ.ސީގެ މިލްކަކަށް ހަދާފައެވެ.  މީގެ އިތުރުން 11،900 ގޯތި × 1500 އަކަފޫޓުގެ ދެވެންއޮތް ގުޅިފަޅު ވަނީ ޕޯރޓް އެޅުމުގެ ނަމުގަ 2020ގަ ނިގުޅައި ގަނެފަ އެވެ. 

މާލެ ރަށްޔިތުންގެ ރުހުމެއް ނުހޯދާ އެމީހުންގެ ދަރިފަސްކޮޅު ދިރިއުޅެން އޮތް ތަންތަން ދާއިމަށް ނިގުޅައިގަތް ސަބަބު މާލެ ސިޓީ ކޮންމެ ރަށްޔިތަކު މި ތިންފަރާތާ ކުރަން ޖެހެއެވެ.

ހުޅުމާލެ އަތުލުމަށް ސިޓީ ފޮނުވި ފަރާތް. ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް.  

ހުޅުމާލެ މާލެ ސިޓީ ކައުންސިލް ގެ އިޙްތިސާސް އިން ބޭރުކުރުމަށް ސިޓީ ލިއުނު އެމް.ޑީ.ޕީ ގެ މާލެ ސިޓީ ކައުންސިލް އަދި މޭޔަރު ސަރަނގު އާދަމްް މަނިކު. 

ހުޅުމާލެ މާލެރައްޔިތުންގެ ކިބައިން ނިގުޅައިގަތުމެ ސިއްކަޖެއްސެވި ޤަރާރު ހުށައެޅި އޭރުގެ ރަޢީސުލް ޖުމްހޫރިއްޔާ ރައީސް ނަޝީދު. 

މީ ހުޅުމާލެ އަދި ގުޅިފަޅު ނިގުޅައިގަތް 2 ޝަރުޢީ ލިޔުމެވެ.  ހުޅުމާލެ ލިޔުމާބެހޭގޮތުން ކަނޑުވައި އިބުރޭ ސީދާ ރައީސް ނަޝީދު އާ ސުވާލުކުރަށްވާ ޓްވީޓް ކުރަށްވާފަވަނީ:  

 

ހުޅުމާލެ އިން ރަޢީސް މައުމޫން ދޫކުރެއްވިގޮތަށް ގޯތި ދޫނުކުރެވެނީ ރައީސް ނަޝީދުއާ ޕްލޭނިންގް މިނިސްޓަރ އަސްލަމްގެ އެ ނިންމުމުގެ ސަބަބުން މިހާރު ހުޅުމާލެ އަކީ އެޗް.ޑީ.ސީ ކުންފުނީގެ މިލްކަކަށްވާތީ އެވެ. މިތަނުން މާލޭގެ ކުދި ބިންކޮޅު ދޫކުރިފަރާތްތަކަށް 178 ގޯތި ލާޖައްސާ ދޫކުރީ ސަރުކާރުން އެޗް.ޑީ.ސީއަށް ބަދަލާމެދު ގޮތްތަކަކަށް އެއްބަސް ވެގެންނެވެ.  

އެމް. ޑީ. ޕީ ގެ ދެވަނަ ވެރިކަން ލިބުމާއި އެކު ގޯތި ދޭން ވަޢުދުވި ގުޅިފަޅުގަ އަނެއްކާވެސް ރައީސް ނަޝީދު، ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް، އެމް.ޑީ.ޕީގެ މަޖްލިސް އިން ނިންމީ ތިލަފުއްޓާ ގުޅިފަޅު 2 ތަން އެއްކޮށް މާލެ ޕޯރޓް ނަމުގަ ނެގުމަށެވެ.  މީ އެމް.ޑީ.ޕީގެ މަޖްލިސް އިން އެކަން ނިންމި ލިޔުމެވެ. 

އަނިޔާވެރިކަން ހައްދުފަހަނަ އަޅާފަވާ މިދެލިޔުމުގަ ތޮއްޖެހި މަތިމަށްޗަށް ދިރިއުޅެމުންދާ މާލެ ރަށްޔިތުންނާ ދޭތެރޭ އެމް.ޑީ.ޕީ ގެ އެއްވެސް ރަޙުމެތް، ކުލުނެތް ނެތްކަން ސުވާލު ނުކުރެވޭ މިންވަރަށް ސާފުކޮށް އެގެން އެބައޮތެވެ. މިފެންވަރަށް މިކަންކަން ކޮށްފަ އެމް.ޑީ.ޕީ އިން އިންތިޚާބް ތައްކާމިޔާބު ކުރުމަކީ ޙަޤީޤަތުގަވެސް މާލެސިޓީ ރަށްޔިތުން ތިންބަލިވުމެވެ. 

- މާލެސިޓީ ރަށްޔިތުންނަށް ގޯތި ހޯދަން ހިންގާ ޙަރަކާތް

މިއަދު އޮންލައިން