އެޗްޕީއޭއިން ކޮވިޑާއި ގުޅުވައިގެން ކުޅެމުން ގެންދާ ޑްރާމާތަކުގެ ތެރެއިން ޕީސީއާރު ޓެސްޓެއް ހެދުމުން ކުރިއަސް އޮންނަ 8 ދުވަހަށް ކޮރޯނާ ނުޖެހޭނެ ކަން އަންގައިދީ ހެދި އުޞޫލު ބާޠިލުކޮށްފިއެވެ!

"ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ޕީސީއާރު ނައްސި ޓެސްޓެއް ހިފައިގެން ކަރަންޓީނުވުމަކާއި ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ދިން ހުއްދަ ބާތިލުކޮށްފި އެވެ."

މިސްކިތްތަކާއި ޖަމާއަތުގައި ނަމާދުކުރުމާއި ގައިދުރުކުރުމާއި ކައިރިކުރުމާއި މިސްކިތްތަކުގައި ޖަހަމުންގެންދާ އިބިލީހުގެ ފާހަގަތައް ބަލައި ނުގަނެވިގެން މިއުޅެނީ ހަމަ އެޗްޕީއޭއިން ކުރާ ދެކޮޅު ނުޖެހޭ ކަންކަން ގިނަކަމުން ކަމަށް މުސްލިމް ގިނަ ރައްޔިތުން ބުނަމުން ގެންދަނީ ނައްސި އާއި އައްސީގެ މައްސަލަތައް ހަމަ ބޮޑުކަމުންކަން ފާހަގަކުރެވެއެވެ.