ކޮރޯނާ ޖެހެނީ ހަމައެކަނި ސުންތާއި އެއްގޮތަށް ސަފުހެދުމުންކަން އެޗްޕީއޭއިން ދުނިޔެއަށް ދައްކައިދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކޮރޯނާ ޖެހެނީ ހަމައެކަނި ސުންތާއި އެއްގޮތަށް ސަފުހެދުމުންކަން އެޗްޕީއޭއިން ދުނިޔެއަށް ދައްކައިދީފި

މާލޭގައި މިއަދުވެސް ކޮރޯނާއަށް ވެކްސިން ދިން ސަރަހައްދުތަކަށް ކޮރޯނާ ވައިވެސް ނޭޅެއެވެ. އެހެންވެ މީހުން ތިބީ ކޮނޑާއި ކޮނޑު ފައާއި ފައި ޖައްސައިގެންނެވެ. ބައެއް ތަންތަނުގައި ކޮނޑަށް އަތްވެސް ލައިގެންނެވެ. 

ނަމަވެސް މިސްކިތްތަކުގައި ސުންނަތާއި އެއްގޮތަށް ސަފުހަދައިފިއްޔާ ކޮރޯނާ އަރައިގަނެ އެންމެން ޕޮޒިޓިވްކުރާނެކަން އެޗްޕީއޭއަށް އެނގޭތީ މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރަން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ބަރާބަރަށް ކުރިއަށް ގެންދިއައެވެ. ގޮވާ ގޮވެލިފަތި ބަރާބަރަށް ގޮވިއެވެ. މިސްކިތްތަކުގައި ޖަހާފައިވާ އިބިލީހުގެ ފާހަގައިގެ އިމުގައި ނެތިއްޖެނަމަ ކޮރޯނާ ޖެހިދާނެ ކަމުގެ އިންޒާރު ބަރާބަރަށް ދިނެވެ. 

މަގުމަތީގައި ކޮންމެ ގޮތަކަށް ތިބިނަމަވެސް އެއްވެ އުޅުނު ނަމަވެސް ކޮރޯނާ ނުޖެހިފައި މިސްކިތްތަކުން ކޮރޯނާ ޖެހޭ ޤައުމަކަށް ދުނިޔޭގައި އޮތީ ހަމައެކަނި ދިވެހިރާއްޖެކަން މިއަދުވެސް މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ! 

ވީމާ މަގުމަތީގައި ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް ކޮރޯނާ ނުޖެހިފައި ސުންތާއި އެއްގޮތަށް ސަފުހެދުމުން ކޮރޯނާ ޖެހޭ ހަމައެކަނި ޤައުމަކީ ރާއްޖެކަން އެޗްޕީއޭއިން މިވަނީ ވަރަށް ރަނގަޅަށް ދައްކައިދީފައެވެ. އެކަމުގެ ދަލީލަކީ ވެކްސިން ޖަހަންދާ މީހުން ބޮނޑިވެ ހިފައި އޮޅުލައި ޖެހިފިތިގެން ތިބޭ ތިބުން ހުއްޓުވަން އެޗްޕީއޭއިން އެއްވެސް ފިޔަވަޅެއް ނުއަޅާކަމެވެ. ކުރިމަތީގައި އެގޮތަށް ތިބޭއިރުވެސްމެއެވެ.  

އަދި 5 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުމުން ކޮރޯނާ ޖެހެނީވެސް ހަމައެކަނި މުޒާހަރާކުރަން އެއްވުމުންކަން ވެސް މިއަދު މިވަނީ ޔަޤީންކުރެވިފައެވެ.

މިއަދު އޮންލައިން