ގައިދުރުކޮށް ނަމާދުކުރުމުގެ އަމުރު ނެރުމުގައި ވެސް ކަންބޮޑުވާ ކަންތައްތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ގައިދުރުކޮށް ނަމާދުކުރުމުގެ އަމުރު ނެރުމުގައި ވެސް ކަންބޮޑުވާ ކަންތައްތަކެއް!

މިސްކިތުގެ ޖަމާއަތުގައި ގައިދުރުކޮށް ނަމާދުކުރުމާއިމެދު ދީނީ ޢިލްމުވެރިންގެ މަޖިލީހުގައި އެރޭ ބަހުސްކުރިނަމަވެސް އަޣްލަބިއްޔަތު ނުލިބުމުން ފާސްނުކޮށް އޮއްވައި (އެކަންކުރަން އިލްމުވެރިން އިއްތިހާދު ނުވެ އޮއްވައި) ގައިދުރުކޮށް ނަމާދުކުރުމުގެ އަމުރު އަމުރު އިސްލާމިކް މިނިސްޓްރީން ނެރެފައިވަނީ މަޖިލީހުގައި މަލީޙް މަޤާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ދިއަ ވަގުތުއެވެ. 

އެހެންކަމުން މިކަންކަން ހިނގައިދިއަ ގޮތާއިމެދު ގިނަ ބައަކު އެއިރުންސުރެ އަންނަނީ ސުވާލުތައް އުފައްދަމުންނެވެ. މިނިސްޓަރުން މަޤާމު ފުރުއްވަމުން ގެންދަވަނީ މިނިވަންކަމާއިއެކުގައި ކަމާއިމެދުވެސް ގިނަ ބައަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. 

މަލީޙް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި މައްސަލައިގައި ދަގެތި ދާއިރާގެ މެންބަރު ކާނަލް އަޙްމަދު ނާޒިމް ވިދާޅުވީ މަލީހް މަޖިލީހުގައި ދެއްކި ވާހަކައަކަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުމަކީ ޒާތީކަމެއްކަމަށެވެ. އަދި ޚާއްސަކޮށް އެކަން ކުރެއްވުމުގައި މަޖިލީހުގެ ރައީސް އިސްނަންގަވައިގެން ވަކިބޭފުޅަކަށް އަމާޒުކުރައްވައިގެން ކުރައްވާކަންވެސް ފާހަގަކުރައްވާ ކަމަށެވެ. 

"މިނިސްޓަރުން ދައްކާ ވާހަކައަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާނަމަ މިނިސްޓަރުން ބޭނުންވާ ވާހަކައެއް މަޖިލީހަށް ހާޒިރުވެ ނުދެއްކާނެ! އަދި ބެލެވެނީ އެކަމަކީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގަ!" ކަމަށް ވެސް ކާނަލް ނާޒިނމް ވިދާޅުވިއެވެ!

މިއަދު އޮންލައިން