"ކަލަންޗޮއޭ ޕިނާޓާ" ފަތް ކެންސަރުސެލްތަކަށް ބާރުފޯރުވާކަން ހާމަވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
"ކަލަންޗޮއޭ ޕިނާޓާ" ފަތް ކެންސަރުސެލްތަކަށް ބާރުފޯރުވާކަން ހާމަވެއްޖެ!

"ކަލަންޗޮއޭ ޕިނާޓާ" މިއީ ޢާންމުކޮށް މަޑަގަސްކަރައިގައި ހައްދާ ގަހެއްގެ ފަތެވެ. ގ(ތިތެރެ ފަޅުފިލުވަންވެސް މިގަސް ހައްދައެވެ. ފަހުގެ ހޯދުންތަކުން އެނގެނީ އެފަތަކީ ކެންސަރު ސެލްތަކާ ހަނގުރާމަކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަތެއް ކަމެވެ.  

ހޯދުންތަކުން އެނގެނީ ބައެއް މީހުންގެ ހުންނަ ކެންސަރުސެލްތައް މަރައިލާކަމެވެ. އަނެއްބައެއްގެ ސެލްތައް ފެތުރެން ހުރަސްއަޅައި މަޑުޖައްސުވާ ކަމެވެ. މިކަމުގެ ދިރާސާތައް އިތުރަށް ފުރިހަމަކުރަން މިހާރުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ.  

އަދި މިނޫންވެސް އެތައް ފައިދާތަކެއް ކުރެއެވެ. މިދިރާސާ ރިޕޯޓާއި ގުޅިގެން ގިނަބައެއްގެ ސަމާލުކަންވަނީ އެފަތަށް ލިބިފައެވެ.

މިބާވަތުގެ ގަސް ޜާއްޖޭގައި ހުރިކަމަށް ފާހަގަކުރެވިފައިވާކަން އަދި އެނގިފައެއް ނެތެވެ. މިހޯދުމަކީވެސް ވަރަށް ފަހުގެ ހޯދުމެކެވެ. ކޮންމެއަކަސް ތަފާތު ގަސްތައް އެތެރެކޮށް ވިއްކާ މީހުން މިކަމަށް ސަމާލުކަންދީގެން ރާއްޖެ ގެނެސްފިނަމަ އެކަމުން ގިނަބައަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ.  

މިބާވަތުގެ ފައިދާހުރި ފަތްތައް ބޭނުންކުރަންވީ ކެންސަރުޖެހުމަކުން ނޫނެވެ. ކެއުމުގައި އަބަދުވެސް ބޭނުންކުރަންވީއެވެ. އެކަމުގެ ފައިދާ ޞިއްޙަތަށްކުރާނެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން