ގިނަ ބައަކަށް މައްސަލަތަކާ ކުރިމަތިވަނީވެސްހިތްދަތިކަންލިބެނީވެސް ﷲ ގެ ޙަޟްރަތަށް ދަންނަވަންޖެހޭ މިންވަރަށް ނުދެންނެވޭތީ!ނިކަން މިގޮތަށް ބަދަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގިނަ ބައަކަށް މައްސަލަތަކާ ކުރިމަތިވަނީވެސްހިތްދަތިކަންލިބެނީވެސް ﷲ ގެ ޙަޟްރަތަށް ދަންނަވަންޖެހޭ މިންވަރަށް ނުދެންނެވޭތީ!ނިކަން މިގޮތަށް ބަދަލުކޮށްބަލަ!


އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އަބަދުވެސް މުޢާމަލާތު ކުރުންމަތީގައި ތިބެންޖެހޭ ބައެކެވެ. މުޢާމަލާތުކުރުން މިބުނަނީ ދަންނަވަންޖެހޭ ދެންނެވުންތަކަށެވެ.

އެގޮތުން ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރުމާއި ފާފަތައް ފުއްސަވައި ދެއްވެވުމަށާއި އެމީހަކަށް ބޭނުންވާ ކަންކަމަށް އެދިގެން ދެންނެވުމާއި ސުވަރުގެ އެދިގެން ދެންނެވުން ފަދަ ކަންކަން ހިމެނެއެވެ.   

ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ މިމަގުން ދަންނަވަމުން ގެންދާ މީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ދާނީ ޖަވާބުލިބެމުންނެވެ. އެއިގެ ތެރޭގައި އެމީހަކަށް ދުނިޔޭގައިވެސް ރަނގަޅު ގޮތްތައް މެދުވެރިވުމާއި އަދި ފާފަތައް ފުއްސަވައި ދެއްވެވުމާއި ޙައްޤު މަގުގައި ޘާބިތުކަން ދެއްވެވުންވެސް ހިމެނެއެވެ. 

ގިނަ ބައަކަށް މިކަންކަމެއް ނުވިސްނެއެވެ. ކިރިޔާވެސް ހަމަޖެހިލައިގެން ދުނިޔޭގައި އުޅެވޭނަމަ ، ތަނަވަސްކަމުގައި އުޅެވޭނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަންޖެހޭ ކަމެއް ނެތްކަމަށް ޤަބޫލުކުރެވި އެކަމަށް އިހްމާލްވެވެއެވެ/ މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންވީ ހަމައެކަނި ކަމެއް ބޮޑުވުމަކުން ނޫނެވެ. އަބަދުވެސް ތިބެންޖެހޭނީ ދުޢާކުރުންމަތީގައެވެ. އުފަލުގައި ހުރެވޭނަމަ އެކަން ބަޔާންކޮށް ޝުކުރުވެރިވުމުގެ ބަސްތައް ދަންނަވަންވާނެއެވެ. ކިޔަމަންތެރިކަން އަދާކުރުމާ އަޅުކަންކުރުން ގިނަކުރަންވާނެއެވެ. 

--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން