އެއް އަނބި އަނެއް އަންތބަށް ފައުޅުގަ ކުރާ ގޯނާ ނުހުއްޓުވޭނެނަމަ ދެއަނބިން ގެންގުޅުމަށް ކުފޫހަމައެއް ނުވޭ! ޒިންމާ އުފުލަން ފިރިމީހާއަށް ޖެހޭނެ!: އަނިޔާ ލިބުނު އަންތބެއް

ކިޔުމަށް ހޭދަވާނީ 1މ 27ސ
އެއް އަނބި އަނެއް އަންތބަށް ފައުޅުގަ ކުރާ ގޯނާ ނުހުއްޓުވޭނެނަމަ ދެއަނބިން ގެންގުޅުމަށް ކުފޫހަމައެއް ނުވޭ! ޒިންމާ އުފުލަން ފިރިމީހާއަށް ޖެހޭނެ!: އަނިޔާ ލިބުނު އަންތބެއް

އަޅުގަނޑު ނިޞްބަތްވަނީ އުތުރުގެ ރަށަކަށެވެ.

އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫލި އެކަނިވެފައި ހުރިއިރު ފިރިހެނަކު ކުރި އާދޭހަށް އޭނާއާއި ދެއަންތބަށް ކައިވެނިކުރީމެވެ. އެއީ އެދެމީހުންގެ ކައިވެންޏަށް 10 އަހަރުވެފައިވާއިރުވެސް ދަރިއަކު ލިބިފައި ނެތުމުން ދަރިއަކު ބޭނުންވާތީއާއި އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށްވެސް ބުނުމުންނެވެ. އަދި އަނބިމީހާގެ ރުހުންވެސް ލިބުނީމައެވެ.  

ކައިވެނިކުރެވުމާއިއެކު ދޮށީއަނބިމީހާގެ ވިސްނުން ބަދަލުވެއްޖެއެވެ. އޭނާއަށް ހީވާންފެށީ ފިރިމީހާ ގެއްލެން އުޅެނީކަމަށެވެ. އަޅުގަނޑަށް ދަރިއަކު ލިބިއްޖެނަމަ އޭނާ ބާކީވާނެ ކަމަށެވެ. އެހެންވެ ކަންކަން ދުއްވައިލީ އެންމެ މައްޗަށެވެ. އަޅުގަނޑުގެ ގާތަށް ފިރިމިހާ އަންނައިރަށް ގޭދޮރުމައްޗަށް އައިސް އެއްޗެތިގޮވަން ފަށައެވެ. އަޅުގަނޑަކީ ކައިވެނިކުރާނެ ފިރިހެނަކު ނުވެފައި އިން އަންހެނަކުކަމަށް ބުނެއެވެ. އަޅުގަނޑަށް ދަރިއަކު ނުދެއްވެވުން އެދި ބަދުދުޢާކުރެއެވެ.  

ހަމަސްދުވަސްވަންދެން ކެތްތެރިވެގެން އިނދެފައި ވަރިވީއެވެ. ފިރިމީހާ ދެކެ ލޯބިނުވާތީއެއް ނޫނެވެ. ދޮށީއަނބިމީހާގެ ކިބައިން ލިބެމުން އައި ނަފްސާނީ އަނިޔާތަކަށް ކެތްނުކުރެވިގެންނެވެ. ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ނުވެއްޓެންވެގެންނެވެ.  

އަޅުގަނޑަށް ކުރެވުނު ތަޖުރިބާގެ މައްޗަށް ބަލައި އަޅުގަނޑު ކުށްވެރިކުރާނީ ފިރިމީހާއެވެ. ކޮންމެ ދުވަހަކު އަނބިމީހާ އެގޮތަށް ކަންތައްކުރާއިރު އެކަން ނުހުއްޓުވިތީއެވެ. ހުއްޓުވަން މަސައްކަތްކުރިނަމަ ހުއްޓުވޭނެއެވެ. ހުއްޓުވެންޖެހޭނެއެވެ. އަޅުގަނޑަކީވެސް އަންތބެކެވެ. އަޅުގަނޑަށް ލިބެންޖެހޭ ޙިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އަޅުގަނޑު ބުނާނީ މިފަދަ ފިރިހެނުން ދެއަތްނބަށް ކައިވެނިކުރަން ކުފޫހަމަނުވާކަމަށެވެ.  

ދެން ބުނެލަން ބޭނުންވަނީ އަޅުގަނޑު ވަރިވެ ޢިއްދަ ހަމަވިތަނުން ރަށުގެ އެންމެ ރަނގަޅު ފިރިހެނަކު އަލުގަނޑާއި ކައިވެނިކުރިއެވެ. އޭނާއަށް 2 ދަރިންވެސް ލިބިއްޖެއެވެ. އަޅުގަނޑު މިއިނީ ހަމަ އުފަލުންނެވެ. އިން ޝާ ﷲ  

- މަރްޔަމް މަނިކެ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން