ހެޔޮލަފާ އަނބިންނަކީ ދަރިންތިބީތީ ކަންބޮޑުވެ ލިބޭއަނިޔާތަކަށް ކެތްތެރިވެގެން ތިބޭނެ ބައެއް ނޫން! ﷲ މާރަނގަޅު ގޮތްތައް ދައްކަވާނެކަމުގެ ޔަޤީންކަން އޮންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހެޔޮލަފާ އަނބިންނަކީ ދަރިންތިބީތީ ކަންބޮޑުވެ ލިބޭއަނިޔާތަކަށް ކެތްތެރިވެގެން ތިބޭނެ ބައެއް ނޫން! ﷲ މާރަނގަޅު ގޮތްތައް ދައްކަވާނެކަމުގެ ޔަޤީންކަން އޮންނާނެ! އިން ޝާ ﷲ

އަހުރެންގެ ފުރަތަމަ ވަޞިއްޔަތަކީ ބައިވެރިއަކަށް ހެޔޮލަފާ މީހަކު ލިބިއްޖެނަމަ ދެމީހުންވެސް އެކަން ބަލައިގަނެ ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ "ޝުކުރިއްޔާ" ބުނުން އެކަންޏެއް ނޫނެވެ. އެންމެ މުހިންމީ ޝުކުރުވެރިވާކަން ޢަމަލުން އަނެކާއަށް ދެއްކުމެވެ. މިރޭ މިބަލައިލަނީ ހެޔޮލަފާ އަނބިންނަށެވެ.  

ހެޔޮލަފާ އަނބިންނާއިމެދު ދެނެގަންނަންޖެހޭނެ 3 ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ހެޔޮލަފާ އަނބިން މަދުކަމެވެ. ދެވަނަކަމަކީ ހެޔޮލަފާއަނބިންނަކީ އެމީހުންގެ ޙައްޤުތައް ނުލިބޭނަމަ ފުދިގެން ތިބޭނެ ބައެއް ނޫންކަމެވެ. ތިންވަނަ ކަމަކީ ހެޔޮލަފާ އަނބިން ހޯދުމަކީ ފަސޭހަކަމެއް ނޫންކަމެވެ.  

ވީމާ އަހުރެން މިފަށަނީ 2 ވަނަ ސިފައިންނެވެ. އެއީ ހެޔޮލަފާއަނބިންނަކީ އެމީހުންގެ ޙައްޤުތައް ނުލިބޭނަމަ ފުދިގެން ތިބޭނެ ބައެއް ނޫންކަމަށް މިބުނި ބަހެވެ. ރަނގަޅަށް ވިސްނާށެވެ! ހެޔޮލަފާ އަންހެނުންނަށް ބޭނުންވެގެން ތިބޭ ފިރިހެނުން ވަރަށް ގިނަވާނެއެވެ. އެތައް ބައިވަރު ދަރިން ތިއްބައިވެސް އެކަނިވެރިވެފައި ތިބޭ ހެޔޮލަފާ އަންހެނުންނާއި ކައިވެނިކުރަން ފިރިހެނުން ބޭނުންވަނީ އެހެންވެގެންނެވެ.  

ހެޔޮލަފާ އަންހެނުންގެ ފިރިންގެ އެކުވެރިންގެ ތެރޭގައިވެސް ފުރުޞަތަކަށް ބަލަބަލައި ތިބޭ އެކުވެރިން ތިބޭނެއެވެ. ވީމާ އެކަނިވެރިވާތަނުން ކައިވެނިކުރިނަމަވެސް އެކުވެރިޔާ ކުށްވެރި ނުކުރާށެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހައި ހެޔޮލަފާ އަނތބެކެވެ. އެކަން ޤަބޫލުކުރަންވާނެއެވެ.  

ދަރިންތަކެއް ލިބިފައިވީނަމަވެސް ހެޔޮލަފާ އަނބިންނަށް އެމީހުންގެ ޙައްޤުތައް އަދާނުކުރާނަމަ ފުދިގެން ބަލަން ނުތިބޭ ސަބަބަކީވެސް އެއީއެވެ. އެމީހުންނަށް ހެޔޮލަފާ ފިރިއަކު ލިބޭނެ ކަމުގެ ޔަޤީންކަން އެމީހުންނަށް އޮންނާތީއެވެ. އެފަދަ އަންހެނުން ނިކަމެތި ނުކުރައްވަވާނެ ކަމުގެ ޔަޤީންކަން އެމީހުންނަށް އޮންނާނެއެވެ.  

ނަމަވެސް ބައެއް ފިރިހެނުން މިކަންކަމަށް ވިސްނައެއް ނުލައެވެ. ޤަބޫލުކުރެވިފައި އޮންނަނީ ތިމާ ކޮންމެ ގޮތަކަށް ކަންތައްތައް ކުރިނަމަވެސް ފުދިގެން އިންނާނެ ކަމަށެވެ. އެއީ މުޅިން ކުށްހީއެކެވެ. އެކަނބަލުން ކެތްތެރިވާނީ ވަކިވަރަކަށެވެ. އެއަށްފަހު އެހެން ގޮތެއް ހޯދަން ނިންމާނެއެވެ. އެހިސާބުން ދެން އެކަނަބަލުން ހުއްޓުވަން ފަސޭހައެއްވެސް ނުވާނެއެވެ.

ވީމާ ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ އަންހެނުންނަށް އޮތް އެންމެ ޔަޤީން ގޮތަކީ ހެޔޮލަފާ އަންތބަކަށްވުމެވެ. އަދި ހެޔޮލަފާ އަންތބަކާއިއެކު ދިރިއުޅެން ބޭނުންވާނަމަ ފިރިހެނުންނަށް އޮތީ އެކަނބަލުންނަށް ހެޔޮކޮށް ހިތުމެވެ. އަޅާލުމާއި ލޯބިދީގެން ގެންގުޅެން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން