އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން އެންމެ 7 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި މާރިޔާ

އުމުރުން އެންމެ 7 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

އިންގްލެންޑްގެ ލޫޓަން އަށް އުފަން އުމުރުން އެންމެ 7 އަހަރުގެ މާރިޔާ ކީރިތި ޤުރްއާން ހިތުދަސް ކޮށްފިއެވެ.

އޭނާ ފުރަތަމަ ކީރިތި ޤުރްއާން ކިޔަވަން ފެށީ އުމުރުން ފަސް އަހަރުގައި އޭނާ ކިޔަވަމުންދާ މަދްރަސާގައެވެ. ކީރިތި ޤުރްއާން ހިތުދަސް ކުރަން އޭނާ ފެށީ، ސީރިއާ އަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހޯދުމަށްޓަކައި، ކުރި ޗެލެންޖެއްގައި ޔާސީން ސޫރަތް ހިތުދަސްކޮށްގެންނެވެ.

މާރިޔާ އަކީ ފަސޭހައިން އެއްޗެހި ދަސްކުރާ، ހިތްއަލި ކުއްޖެއްކަން އޭނާގެ މަންމަ އަށް ފާހަގަ ވުމުން، އޭނާގެ މަންމަ ބޭނުންވީ މާރިޔާ ހާފިޛާއަކަށް ހަދާށެވެ. ނަމަވެސް އެއުމުރުގެ ކުދިންނަށް ހިފްޛްގެ ފުލް ކްލާސްަކެއް ނެތުމުގެ ސަބަބުން، މާރިޔާއަށް ކިޔަވާދީ، އޭނާއަށް ހިފްޛް ކުލާސްތައް ނަގާދިނީ އޭނާގެ މަންމައެވެ.

މާރިޔާގެ މަންމަ ބުނިގޮތުގައި އެކަމަކީ އެހާ ފަސޭހަކަމާއިއެކު ހާސިލް ކުރެވުނު ކަމެއް ނޫނެވެ. އެއީ މަޚްރަޖަށް ކިޔަވަން މާރިޔާއަށް ދަސްކޮށްދިން އިރު، މަޚްރަޖަށް ދަސްކޮށްދެވޭތޯ އޭނާގެ މަންމަވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހުންކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.

މާރިޔާއަށް ކީރިތި ޤުރްޢާން ދަސްކޮށްދިނުމުގައި ދުވާލަކު ފަސް ގަޑީރު އޭނާގެ މަންމަ ހޭދަކުރިއެވެ. އެއީ ސްކޫލަށް ދިޔުމުގެ ކުރިން އައު ފިލާވަޅެއް ނަގާދިނުމާއި ސްކޫލުން ގެއަށް އައިސް އެފިލާވަޅު ފަރިތަ ވަންދެން ކިޔުމާއި ނިދުމުގެ ކުރިން އޭނާގެ މަންމަ އަށް އެފިލާވަޅު ހިތުން ކިޔާދިނުމާއި ކުށްޖެހޭ ބައިތައް އިސްލާޙު ކުރުމެވެ.

ކީރިތި ޤުރްއާން އެއްކޮށް ހިތުދަސް ކުރުމުގެ ލަނޑުދަނޑި ހާސިލް ކުރުމުގެ ގޮތުން މާރިޔާއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ފަހަރަކުވެސް އޭނާއަށް ފިލާވަޅެއް ހިތުދަސްވުމުން، އޭނާ ބޭނުން އިނާމެއް އޭނާގެ މަންމަ ހޯދާދެއެވެ.

އާއްމުގޮތެއްގައި އޭނާ ބޭނުންވަނީ ވަރަށް ކުދިކުދި ހަދިޔާއެވެ. ކުޅޭ އެއްޗެއް ނުވަތަ ކުލަ ޖައްސާފޮތެއް ނުވަތަ މީރު ކެއުމެއް ލިބުމަކީ އާއްމުގޮތެއްގައި މާރިޔާ އެދޭ ހަދިޔާއެވެ.

ކީރިތި ޤުރްއާން ކިޔަވާ ދަސްކުރަން ފެށިތާ ދެއަހަރު ފަހުން، މާރިޔާ ވަނީ ހިފްޛްގެ ބައި ފުރިހަމަކޮށް ކީރިތި ޤުރްޢާން ހިތުދަސްކުރިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Ainth 2017-08-04 00:01:40

Varah hih hama jehunu ufaavi ekuda kuda kujjaa ah allah rahumay lavvaane Aameen...

2017-08-04 01:02:57

Maa shaa Allah

2017-08-04 01:02:58

Maa shaa Allah


މަރިޔަމް ވަހީދާ