އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔޫތް ޗެމްޕިއަންޝިޕް އީގަލްސްއަށް

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔޫތް ޗެމްޕިއަންޝިޕް އީގަލްސްއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ޔޫތް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކްލަބް އީގަލްސްއިން ހޯދައިފިއެވެ.

އިއްޔެ ހަވީރު މާޒިޔާއާ ދެކޮޅަށް އީގަލްސް ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއިން ކާމިޔާބުކުރީ މެޗުގެ 43 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް އަތީގު ހަސަންގެ ލަނޑުންނެވެ. އީގަލްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް، އަހުމަދު ޠަލާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

90 މިނެޓު ކުޅުން ހަމަވުމަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމު ކަށަވަރު ނުވުމުން، ނަތީޖާ ކަށަވަރުކުރުމަށްޓަކައި ޕެނަލްޓީ ޖެހީއެވެ. ޕެނަލްޓީގައި އީގަލްސްއިން ކުރިހޯދީ 7-8 ގެ ނަތީޖާއިންނެވެ.

އީގަލްސްއަށް ޕެނަލްޓީތައް ކާމިޔާބުކުރި ކުޅުންތެރިންނަކީ، ހަސަން ރާއިފް، މުހައްމަދު ނާއިމް، ޢަލީ ޝަމާލް، ހައިޝަމް ހަސަން، ޢަބްދުﷲ ޝާފިޢު، ހުސެއިން ފައިސަލް، އަދި މުހައްމަދު އަޝްވަންއެވެ.

މާޒިޔާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ސަމޫހު ޢަލީ، ޢަބްދުﷲ ޖުނައިދު، މުހައްމަދު ޝަހާއު، އިބްރާހިމް އަތީގު، މުހައްމަދު އަޒުހާން، ސަމޫހު ޢަބްދުﷲ، އަދި ހުސައިން ޝަރީފުއެވެ.

މުޅި މި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ، މާޒިޔާގެ އިބްރާހިމް އަތީގު، މާޒިޔާގެ ޢަބްދުﷲ ޖުނައިދު، އީގަލްސްގެ މުހައްމަދު ނާއިމް، އަދި އީގަލްސްގެ މުހައްމަދު އަޝްވާންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އީގަލްސްގެ ކޯޗު އަހުމަދު ޝާކިރުއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު، ކްލަބް އީގަލްސްއަކީ ޔޫތް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް