އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެނާއި ކަރަންޓު ބިލަށް ލުއި ދިނުމަށް މާލޭ މޭޔަރު ގޮވާލައިފި

ފެނާއި ކަރަންޓު ބިލަށް ލުއި ދިނުމަށް މާލޭ މޭޔަރު ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުއި ދިނުމަށް މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.

މޭޔަރު މުއިއްޒު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މޭޔަރު މުއިއްޒު ވިދާޅުވީ ކޮވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފި ކަމަށާއި މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދޭކަމަށެވެ.

ފެނާއި ކަރަންޓު ބިލަށް ލުއި ދިނުމަށް މޭޔަރު މުއިއްޒު ގޮވާލެއްވިއިރު މާލޭ ސަރަހައްދު ވަނީ ކޯވިޑްގެ ހާލަތު އިހުނަށްވުރެއް ގޯސްވެ ވަކި ގަޑިތަކެއްގައި ކާފިއު ހިންގަންފަށާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު