ޒިނޭގެ ކުތް ސާބިތުކުރުމަށް ހެއްކެތް ގޮތުގައި ޑީއެންއޭ ބޭނުންކުރެވިދާނެ: ސުޕްރީމް ކޯޓު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ޒިނޭގެ ކުތް ސާބިތުކުރުމަށް ހެއްކެތް ގޮތުގައި ޑީއެންއޭ ބޭނުންކުރެވިދާނެ: ސުޕްރީމް ކޯޓު

ޒިނޭގެ ކުތް ސާބިތުކުރުމަށް ޑީއެންއޭ ހެއްކެތް ގޮތުގައި ޑީއެންއޭ ބޭނުންކުރެވިދާނެ ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ފިރިހެނެއްގެ މައްޗަށް އުފުލި ޒިނޭ ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައަށް ހައިކޯޓުންވެސް ތާއީދުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބޭނުން ކުރެވޭނެ ކަމަށާއި އަދި ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށާއި ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި ހަރުދަނާ ގަރީނާ ހުރިނަމަ ބަލައިގަންނަންޖެހޭ ހެއްކެއް ކަމަށެވެ. 

މިއަދު އޮންލައިން