އުމަރު ޒާހިރުގެ ކަށުނަމާދު އިޝާ ނަމާދަށްފަހު އިސްލާމީމަރުކަޒުގައި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
އުމަރު ޒާހިރުގެ ކަށުނަމާދު އިޝާ ނަމާދަށްފަހު އިސްލާމީމަރުކަޒުގައި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރުގެ ކަށު ނަމާދު އިސްލާމީމަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.

ހުޅުމާލެ ސަހަރާ މިސްކިތުގައި އުމަރު ޒާހިރުގެ މޫނުފުޅު ދެއްކުން ކުރިއަށްދާއިރު މިރޭގެ އިޝާ ނަމާދަށްފަހު އިސްލާމީމަރުކަޒުގައި ކަށު ނަމާދުކޮށް ވަޅުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައެވެ.

ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލަނީ ގަލޮޅު ސަހަރާގައެވެ.

އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

 

 

މިއަދު އޮންލައިން