އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަހިފުމުގެ ކުޑަ މޫސުން ފެށުނީއެވެ! ވީހާ ގިނައިން ރޯދަހިފަން މަސައްކަތްކުރާށެވެ!

ރޯދަހިފުމުގެ ކުޑަ މޫސުން ފެށުނީއެވެ! ވީހާ ގިނައިން ރޯދަހިފަން މަސައްކަތްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ބައެއް ޢިލްމްވެރިން ބަޔާންކުރާ ގޮތުގައި ރޯދަ ހިފުމަށް 2 މޫސުމެއް ެއެވެ. އެއީ ކުޑަ މޫސުމާއި ބޮޑު މޫސުމެވެ. ކުޑަ މޫސުމަކީ ޝަޢްބާންމަހެވެ. ބޮޑު މޫސުމަކީ ރަމަޟާން މަހެވެ. 

މިއަދަކީ މިއަހަރުގެ ޝަޢްބާންމަހުން ފުރަތަމަ ދުވަހެވެ. ޝައޢްބާން މަހަކީ އެމަހެއްގައި ރަސޫލް އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވި މައްސަރެވެ. ބައެއް ރިވާޔަތްތަކުގައިވަނީ އެމަހުގެ 2،3 ދުވަހެއް ފިޔަވައި ހުރިހާ ދުވަސްތަކެއްގައި ރަސޫލް ރޯދަ ހިއްޕެވި ކަމަށެވެ. 

އެހެން މަސްތަކުގައި ނުހިއްޕަވާހައި ގިނައިން ޝައުޢްބާން މަހު ރޯދަ ހިއްޕަވާ ސަބަބު ބަޔާންކުރައްވަވައި ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. 

"އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ".

)اهـ حسنه الألباني في صحيح النسائي (2221).

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް