އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންކަމަށް އެކަށީގެން ނުވާ މީހުން، ފަހު ޒަމާނުގައި އައްޔަނުކުރޭނެކަމަށް އައިސްފައިވާ ޙަދީޘްބަސްފުޅުގެ މުރާދު-: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

ކަންކަމަށް އެކަށީގެން ނުވާ މީހުން، ފަހު ޒަމާނުގައި އައްޔަނުކުރޭނެކަމަށް އައިސްފައިވާ ޙަދީޘްބަސްފުޅުގެ މުރާދު-: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 30 ސިކުންތު

މިއަދު އެންމެ ގިނަ ބައަކު ދައްކާ އެއްވާހަކައަކީ ވަޒިފާތަކުގައި ތިބޭ މީހުން ވަޒީފާތަކަށް އިހްމާލުވާވާހަކައެވެ. ޒިންމަދާރުނުވާ ވާހަކައެވެ. ހަމައެކަނި ސަރުކާރުގައެއް ނޫނެވެ. އަމިއްލަ ވިޔަފާރިތަކާއި މަސައްކަތްތަކުގައިވެސް އެއީ އެންމެ ބޮޑު މައްސަލައެވެ.  

މުސާރަ ލިބޭނަމަ އެނިމުނީއެވެ! ތިމާ ކުރަންޖެހޭ ކަންކަން ނުކުރެވުމަކީ މައްސަލައެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ ކަންކަމަށް މީހުން ޢައްޔަނުކުރާއިރުވެސް އަދި އަމިއްލަ ވަޒީފާދޭއިރުވެސް މިކަންކަމަށް ވިސްނަން އެބަޖެހެއެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

ކަންކަމަށް އެކަށީގެން ނުވާ މީހުން، ފަހު ޒަމާނުގައި އައްޔަނުކުރޭނެކަމަށް އައިސްފައިވާ ޙަދީޘްބަސްފުޅުގެ މުރާދަކީ ކޮބާ ހެއްޔެވެ؟ 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: 

އޭގެ މުރާދަކީ މުސްލިމުންގެ ދުނިޔަވީ ކަންކަމާ އަދި ދީނީ ކަންކަން އެކަމަށް ޤާބިލު ނޫން މީހުންނާ ހަވާލުކުރެވޭނެކަމެވެ. އެހެނީ ކަމެއްގެ މަސްއޫލިއްޔަތަކީ އަމާނާތެކެވެ. އަދި ކަމަކަށް އެކަށީގެން ނުވާ މީހަކާ އެކަން ހަވާލުކުރުމަކީ ޚިޔާނާތެކެވެ. އޭގެ ސަބަބުން ކަންކަން ގޯސްވެ ޙައްޤުތައް ގެއްލިގެންދެއެވެ.  

ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ﴾ [سورة القصص: 26]

މާނައީ:"ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއްކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ ގައިބާރުހުރި އަމާނާތްތެރިޔެކެވެ."  

އެގޮތުން ކަންކަން ހަވާލުކުރެވޭ މީހުންނަކީ ތަންފީޒުކުރުމުގައި ބާރުވެރި އަދި ކަމަށް އަމާނާތްތެރި ބަޔަކަށް ވާން ޖެހޭނެއެވެ.

[ބައްލަވާ: فتاوى اللجنة الدائمة، المجموعة الثانية (2 / 322) رقم الفتوى: (18072)، السؤال الأول] 

┈┈┈••️••┈┈┈

 

އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް