މިއަދުވެސް ކަރަންޓް ކެނޑުމުން ސްޓެލްކޯގެ ހުޝިޔާރު ޓީމުގެ މަސައްކަތުން ކުޑަވަޤުތުކޮޅެއްގެ ތެރޭގަ ކަރަންޓްދީފި!

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މިއަދުވެސް ކަރަންޓް ކެނޑުމުން ސްޓެލްކޯގެ ހުޝިޔާރު ޓީމުގެ މަސައްކަތުން ކުޑަވަޤުތުކޮޅެއްގެ ތެރޭގަ ކަރަންޓްދީފި!

މިއަދު މެންދުރު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓް ކެނޑުމުންވެސް ސްޓެލްކޯގެ ހުޝިޔާރު ޓީމުގެ މަސައްކަތުން ކުޑަވަޤުތުކޮޅެއްގެ ތެރޭގައި ކަރަންޓްދީފިއެވެ.  

އެގޮތުން މާލޭގެ ސަރަހައްދުތަކަށް ގަޑިއެއްހާއިރުތެރޭގައި ކަރަންޓްދިނެވެ. ހަމައެއާއިއެކު ހުޅުމާލޭގެ ސަރަޙައްދުތަކަށްވެސް ވަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފައެވެ. 

ކަރަންޓް ދިއަތާ ކުޑަވަޤުތުކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ހުޅުމާލެއަށް ވަޑައިގެން ހުޅުމާލޭ އިންޖީނުގެއަށް ވަދެވަދައިގެންނެވިތަން މިއަދުނޫސް ޓީމުގެ މެންބަރުންނަށް ވަނީ ފެނިފައެވެ. އެކަމުން އެނގިގެންދިއައީ ކަރަންޓުގެ ޚިދުމަތް ވީހާ ފުރިހަމައަށް ފޯރުކޮށްދެއްވަން އެމަނިކުފާނު ދެއްވާ ސަމާލުކަމެވެ. 

ސްޓެލްކޯގެ ބަސް:

1:50

"ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ  ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް  ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން."

 

މިއަދު އޮންލައިން