އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ މެދުވެރިކޮށް ބާއްވައިފި!

ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ މެދުވެރިކޮށް ބާއްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ. 

އެގޮތުން މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ ޢަދުނާން ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

މިމައްސަލަ ބެއްލެވި ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ  ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ. 

މައްސަލައިގެ ރިޔާސަތު ވެސް ބެލެހެއްޓެވީ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު އެވެ.

މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިތުރުން ދައުވާ ކުރާ ފަރާތާއި ދައުވާ ކުރާ ފަރާތުގެ ވަކީލު އަދި ދައުވާ ލިބޭ ފަރާތާއި އަދި ކޯޓުގެ މުވައްޒަފުންނެވެ. އެހުރިހާ ފަރާތްތަކުން ވެސް ބައިވެރިވެފައިވަނީ އެފަރާތެެއް ގާއިމްވެ ހުންނެވި ތަނުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ