ކިތަންމެ ދަތިޙާލުގަ އުޅުނު ނަމަވެސް ތެދުވެރިވާން ޖެހޭކަން ހިތަދޫގަ އުޅޭ ބަންގްލަދޭޝް މީހަކު ސާބިތުކޮށްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ކިތަންމެ ދަތިޙާލުގަ އުޅުނު ނަމަވެސް ތެދުވެރިވާން ޖެހޭކަން ހިތަދޫގަ އުޅޭ ބަންގްލަދޭޝް މީހަކު ސާބިތުކޮށްދީފި

ކިތަންމެ ދަތިޙާލުގަ އުޅުނު ނަމަވެސް ތެދުވެރިވާން ޖެހޭކަން އައްޑޫ ސިޓީ ހިތަދޫގަ އުޅޭ ބަންގްލަދޭޝް މީހަކު ސާބިތުކޮށްދީފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ހިތަދޫ މަގުމަތިން 100،000 (އެއް ލައްކަ) ރުފިޔާ ފެނުމުން އެ ފައިސާ ގެގޮސް ފުލުހުންނާއި ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ވެރިފަރާތް ހޯދައި އިއްޔެ އެ ފައިސާ، ފައިސާގެ ވެރިފަރާތާއި ޙަވާލުކޮށްފައިވާ ކަމަށެވެ.

ދުބާއީ ފަދަ ބައެއް ޤައުމުތަކުގައި ޢަމަލުން ތެދުވެރިކަން ސާބިތުކޮށްދޭ މިފަދަ މީހުންނަށް ފުލުހުން އެކަމުގެ އަގު ވަޒަންކޮށް ލިޔުމާއި އިނާމުވެސް ދެއެވެ. އެފަދަ ލިޔުމުގެ ސަބަބުން އެމީހުންނަށް މީހުންކުރާ އިޙްތިރާމް އިތުރުވެ ވަޒީފާ ލިބެންވެސް ފަސޭހަވެގެންދެއެވެ.

 

މިއަދު އޮންލައިން